މޫސުން

ރާއްޖެ ކައިރީ ކޮޅިގަނޑެއް އުފެދުމުން ސަމާލުވާން އަނގައިފި

ރާއްޖޭގެ އިރުމަތިން ސްރީލަންކާއާ ކައިރިން ބާރު ގަދަ ވިއްސާރަ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އޭގެ ސަބަބުން މުޅި ރާއްޖެއަށް މޫސުން ގޯސްވެދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައި ވަނީ ސްރީލަންކާގެ ދެކުނު ސަރަހައްދުގައި މިއަދު އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހެމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ވައިގަދަވެ ކަނޑު ގަދަ ވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

އެހެންވެ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ތިބުމަށް މެޓް އޮފީހުން އިލްތިމާސް ކުރި އެވެ.