އިސްލާމިކް މިނިސްޓްރީ

މުވައްޒަފުންގެ ހާޒިރީ ބަލަން މިސްކިތްތައް ނެޓްވޯކަކުން ގުޅާލަނީ

Mar 12, 2018
7

ރާއްޖޭގެ ހުރި ހުރިހާ މިސްކިތްތަކެއްގެ މުވައްޒަފުންގެ ހާޒިރީ ބަލަން އިލެކްޓްރޯނިކް ނެޓްވޯކެއް ގާއިމްކުރަން އިސްލާމިކް މިނިސްޓްރީން ދިރާގާއެކު އެއްބަސްވެ ސޮއިކޮށްފި އެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި 700 އަށްވުރެ ގިނަ މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ އެއް ސިސްޓަމަކުން ބެލޭނެ ނިޒާމެއް ދިރާގުން ގާއިމްކުރާނެ އެވެ.

މި ނިޒާމް ގާއިމްވެގެން ދިއުމުން މިސްކިތްތަކުގެ މުވައްޒަފުންނަށް މުސާރަ އާއި އެލަވަންސް ފަދަ އިނާޔަތްތައް ދިނުން ފަސޭހަ ވެގެން ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އަދި މިސްކިތްތަކުގެ މުވައްޒަފުން މިހާރަށްވުރެ ބޮޑަށް މަސައްކަތަށް ޒިންމާދާރު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.