ފިނިޕޭޖް

ޒޭން މާލިކް އާއި ގީގީ ހަދީދް ވަކިވެއްޖެ

މަޝްހޫރު އިނގެރޭސި ލަވަކިޔުންތެރިއާ ޒޭން މާލިކް އާއި އެމެރިކާގެ މޮޑެލް ގީގީ ހަދީދް ދެ އަހަރުވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ވަކިވެއްޖެ އެވެ.

ޒޭން އާއި ގީގީ ވަނީ އެ ދެ މީހުން ވަކިވިކަން ޓުވީޓެއް މެދުވެރިކޮށް ފޭނުންނަށް އަންގާފަ އެވެ.

"އަހަރެމެން ދެ މީހުން އެކުގައި އުޅުނީ ވަރަށް ލޯބިން." ޒޭން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ. "ގީގީ އަކީ ވަރަށް ލޯބިވާ އަދި އޯގާތެރި މީހެއް. އަހަރެމެން މި ނިންމި މި އުނދަގޫ ނިންމުމަށް ފޭނުން އިހްތިރާމް ކުރާނެ ކަމަށް އެދެން."

ޒޭން ކުރި ޓުވީޓް.

ޒޭން ޓްވީޓް ކުރިތާ ދިހަ ވަރަކަށް މިނެޓުފަހު ގީގީ ކުރި ޓުވީޓުގައި ބުނެފައި ވަނީ "ރަހުމަތްތެރިޔެއްގެ ހައިސިއްތަތުން ކުރިއަށް އޮތް ތަނުގައި ވެސް ޒޭންއަށް ސަޕޯޓުް ކުރާންނަން." މެވެ.