ހަބަރު

ޕިއްޒާ ބޯނާގެ ޗީޒް ކުރަސްޓް ވަރަށް ފައްކާ!

ވަކި ވައްތަރެއްގެ ޕިއްޒާއަށް އެއްގޯސްވެ، ޕިއްޒާ ސީޒަން ބަދަލު ކުރާ މީހުނަށް ހާއްސަ ކޮށްގެން ޕިއްޒާ ބޯނާއިން ޗީޒް ކުރަސްޓް ޕިއްޒާއެއް ތައާރަފުކޮށް ގެނެސްދީފި އެވެ.

ޕިއްޒާ ބޯނާއިން އިއްޔެ ނެރުނީ "ޗީޒް ކްރަސްޓް ޕިއްޒާ" އެވެ. ބޭނުންވާ ޕިއްޒާ، ޗީޒް ކުރަސްޓާއެކު 20ރ. އިތުރަށް ޗާޖް ކުރާނެ އެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރި ޕިއްޒާ އެކެވެ.

ޕިއްޒާބޯނާއިން ބުނި ގޮތުގައި އަލަށް ގެނައި މި ޕިއްޒާ، ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި މިހާރުވެސް ވަރަށް މަގުބޫލު ޕިއްޒާއަކަށް ވަނީ ވެފަ އެވެ. ވަރަށް ގިނައިން ޗީޒް ހިމެނޭ މި ޕިއްޒާ ތައްޔާރު ކުރަނީ އިނގިރޭސިވިލާތުން ގެންނަ 100 ޕަސެންޓް މޮޒޮރައްލާ ޗީޒް އަޅައިގެނެވެ.

"މި ޕިއްޒާ އަކީ ހާއްސަކޮށް [ޕިއްޒާ ކެއުމުގެ] ސީޒަން ބަދަލު ކުރާ މީހުންނަށް، އެކި ދުވަސްވަރު އެކި ޕިއްޒާ ކާހިތްވާ މީހުނަށް ވަރަށް ރަނގަޅު ޕިއްޒާއަކަށް ވާނެ، މީގައި ވަރަށް ގިނައިން ޗީޒް ހިމެނޭނެ، ޕިއްޒާގެ ކައިރި ފަށަލަ އަށްވެސް ހުންނާނީ ޗީޒް އަޅާފައި" އެތަނުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިއްޔެ ތައާރަފް ކުރި ޗީޒް ކްރަސްޓް ޕިއްޒާއަށް ތަރުހީބު ބޮޑުވެފައިވާއިރު ކުރިއަށް އޮތް ތަނުުގައި އާ ޕިއްޒާތައް ވެސް ތައާރަފް ކުރާނެ އެވެ.

ދެހާސް ދިހަ ވަނަ އަހަރު ޕިއްޒާ ވިއްކަން ފެށި ޕިއްޒާ ބޯނާއިން ދާދިފަހުން ވަނީ މަޖީދީމަގު، ހ. އިރުވައި ގައި ވެސް އައުޓްލެޓެއް ހުޅުވާފަ އެވެ. ޕިއްޒާ ބޯނާ އިން "ސްކެއާ ޕިއްޒާ" އެއް ވެސް ތައްޔާރު ކުރެ އެވެ. ޕާޓީތަކަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މީގެ ޕިއްޒާއެއްގައި 16 ފޮތި އޮވެ އެވެ. އަދި ޕިއްޒާއާއެކު 500 އެމްއެލްގެ ކޯކު ފުޅިއެއް ވެސް ދެ އެވެ. ޕިއްޒާ އާއި ސަމްބެރިންނަށް އޯޑަރު ދިނުމަށް ގުޅާނީ، ނަމްބަރު 3009779 އަށެވެ. ޓްރައިކޮށްލާށެވެ.