ހަބަރު

ދިރާގުން އެސް9 އަދި އެސް9 ޕްލަސްގެ ޕްރީއޯޑާ ހުޅުވާލައިފި

Mar 16, 2018

ސެމްސަންގް ގެލެކްސީ އެސް9 އަދި ގެލެކްސީ އެސް9 ޕްލަސްގެ ޕްރީ އޯޑަ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

އެސް9 އަދި އެސް9 ޕްލަސްއަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލާފައިވަނީ އިއްޔެ އިން ފެށިގެންނެވެ.

ދިރާގުން ބުނީ، ޕްރީ އޮޑާ ކުރާ ފަރާތްތަކަށް ހަމަސް ދުވަސް ވަންދެން ކޮންމެ މަހަކު ހިލޭ ފަސް ޖީބީގެ ޑޭޓާ ލިބޭނެ ކަމަށެވެ. އަދި ޕްރީއޯޑާ ކުރާ ފަރާތްތަކަށް ސެމްސަންގް ގިއާ ސްޕޯޓްސް ވޮޗުން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެކަމަށްވެސް ދިރާގުން ބުންޏެވެ. އެ ގަޑި ވިއްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅު އެވެ.

ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެސް9 އަދި އެސް9 ޕްލަސްގެ 64 ޖީބީ އާއި 128 ޖީބީގެ ފޯނު ލިބެން ހުންނާނެ ކަމަށާއި އެގޮތުން މިޑްނައިޓް ބްލެކާއި ކޮރަލް ބްލޫ އަދި ލިލަކް ޕާޕަލް ކުލައިގެ ސަމްސަންގް އެސް-9 އަދި އެސް-9 ޕްލަސް ލިބެން ހުންނާނެ ކަމަށެވެ.