ކުޅިވަރު

ކޭއެޗް އެކެޑެމީގެ ރޭހުން ދިނީ ތާފަތު މެސެޖެއް

ކުޅިވަރުގެ މާނަ ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ ވާދަވެރި ކަން އޮންނަ ކަމެއްގެ ގޮތުގަ އެވެ. އެއީ ކުޑަކުދިންނަށް ބޭއްވިޔަސް ބެލެނިވެރިންނަށްވެސް ވިސްނިފައި އޮންނަނީ ވާދަވެރިކަން އޮންނަ ކަމެއްގެ ގޮތުގަ އެވެ.

ކުޑަ ކުދިންނަށްނަށް ހަމައެކަނި ވާދަވެރި ގޮތަކަށް ކުޅިވަރު ބާއްވައިގެން އެއިން ރަނގަޅު ފިލާވަޅެއް ނުލިބެ އެވެ. ކޭއެޗް އެކެޑެމީން މިއަދު ބޭއްވި ދުވުމުގެ ރޭހުން ދިނީ ތަފާތު މެސެޖެކެވެ. ކުޅިވަރައި ދުރުގައި ތިބި ކުޑަކުދިން އެ ހަރަކާތަށް ގެނައުމަށެވެ. ވާދަވެރިކަން ނުބާއްވައި ބައިވެރިވުމުގެ ފުރުސަތު ދިނީ އެވެ. އެ ހަރާކްތް ބޭއްވީ ކޭއެޗް އެކެޑެމީގައި ތަމްރީން ހަދާ ކުޑަކުދިންނާއި އެކުދިންގެ އާއިލާގެ އެހެން ކުދިންނަށެވެ. އަދި އެކެޑެމީތަކުގައި ނުޅޭ ކުދިންނަށް ބޭއްވި އިވެންޓެކެވެ.

މިހާރު ތަމްރީން ހަދާ ކުޅުންތެރިންގެ ފެންވަރު ދެނަގަތުމަށެވެ. އަދި އަލަށް ކުޅިވަރު ތެރެއަށް ވަންނަން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

"ވަނަ އެއް ނުހޮވަން، ބޭނުންވީ ކުދިންގެ މިހާރު ހުރި ލެވަލް ދެނެގަތުން، އެ ކުޅުންތެރިންގެ މިނެޓްސް އަޅުގަނޑުމެން ރިކޯޑް ކުރިން ޕްރޮގްރެސް ފެނިގެންދިޔަ،" ކޭއެޗް އެކެޑެމީ އޭނާގެ ނަމަށް ނިސްބަތް ކޮށްފައިވާ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސައިން ހަލީމް (ކުޑަ ހުސައިން) ބުންޏެވެ.

"ވާދަވެރިކަން ބޭއްވިނަމަ އަލަށް އަންނަ ކުދިން މިފަދަ އިވެންޓްތަކުގައި ބައިވެރި ނުވާނެ، ކުޑަކުދިންނަށްވެސް ކުޅިވަރާއި ކަސްރަތުގެ ތެރެއަށް އައުމަށް ޝައުގުވެރިކަން އުފެއްދުން މި އިވެންޓްގެ ބޭނުމަކީ."

ތިން އުމުރު ފުރާއަކުން 140 ކުދިން ވަނީ މިއަދު ރަސްފަންނުގައި ބޭއްވި އިވެންޓްގައި ބައިވެރި ވެފަ އެވެ.