ކުޅިވަރު

މޮރާޓާ ލަނޑުޖެހުމުން ކޮންޓޭއަށް ބޮޑުހިތްހަމަ ޖެހުމެއް

އެފްއޭކަޕްގެ ކްއާޓާ ފައިނަލުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީގެ ސްޓައިކަރު އަލްވާރޯ މޮރާޓާ ލަނޑު ޖެހުމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ފާޅު ކޮށްފި އެވެ.

ލެސްޓާ ސިޓީއާ ދެކޮޅަށް 2-1 ން ޗެލްސީ މޮޅުވި މެޗުގައި އެ ޓީމަށް ފުރަތަމަ ލީޑް ނަގައިދިނީ މޮރާޓާ އެވެ. އެ ލަނޑަކީ މި އަހަރު މޮރާޓާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

ލެސްޓާ ސިޓީއާ ދެކޮޅަށް އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން، އަހަރެމެން މޮޅުވާން ބޭނުންވާ ވަރު އަހަރެމެން ދައްކައިދިން، މިއީ އަލްވާރޯ [މޮރާޓާ] އަށް ވަރަށް ރަނަގަޅު މެޗެއް، އެއީ ވަރަށް މުހިންމު ލަނޑެއް، އޭނާ މެޗުގައި ދެއްކި ކުޅުމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ،" 2014 އަހަރު މޮރާޓާ ޔުވެންޓަސް އަށް ގެންދިޔަ ކޯޗު ބުންޏެވެ.

"އޭނާ ވަނީ މެޗުގައި ވަރަށް ރަނގަޅަށް ކުޅެފައި، ވަރަށް ރަނގަޅު ކަންތައްތަކެއް މެޗުގައި އޭނާގެ ފަރާތުން ފެނުނު، އޭނާ ދައްކައިދީފި އޭނާ ހުރީ ވަރަށް ވަރުގަދަ ކޮށްކަން، އަހަންނަށް ހީވަނީ އޭނާ ޖެހި ގޯލަކީ ކުރިއަށް އޮތްތަނުގައި އަހަރެމެންނަށް އޭގެ ފައިދާ ފެންނާނެ ކަމެހެއް."

މޮރާޓާގެ ލަނޑުން ފައިދާ ފެންނާނެ ކަމަށް ކޮންޓޭ އެ އިޝާރާތް ކުރީ، އެ ލަނޑުން އޭނާގެ ޕާފޯމަންސް އަލުން ފެންނަން މެދުވެރިވާ ސަބަބަކަށް ވެދާނެ ކަމަށް ލަފާ ކޮށެވެ.

ފުރަތަމަ ހާފުގައި، މޮރާޓާ ކާމިޔާބު ކުރި ލަނޑާއެކު ޗެލްސީ ލީޑްގައި ވަނިކޮށް ލެސްޓާ އިން ނަތީޖާ ހަމަހަމަ ކުރީ ޖެމީ ވާޑީ ކާމިޔާބު ކުރި ލަނޑުންނެވެ. އެއީ މެޗުގެ 76 ވަނަ މިނެޓްގައެވެ.

މެޗުގެ ފުރިހަމަ ވަގުތު އެއްވަރު ވެގެން ނިމުމުން، ޗެލްސީ މޮލު ކޮށްދިނީ އެކްސްޓް ޓައިމްގެ 10 ވަނަ މިނެޓްގައި ޕެޑްރޯ ކާމިޔާބު ކުރި ލަނޑުންނެވެ.

އެފްއޭކަޕު ސެމީ ފައިނަލު މެޗުތައް އޮންނާނީ އަންނަ މަހު 21 އަދި 22 ގަ އެވެ.

އެފްއޭކަޕް ސެމީ ފައިނަލު

އޭޕްރީލް 21 ޗެލްސީ - ސައުތު ހެމްޓަން

އޭޕްރީލް 22 މެންޗެސްޓާ ޔުނައިޓަޑް - ޓޮޓެންހަމް ހޮސްޕާ