ކުޅިވަރު

ހެޓްރިކު ރެކޯޑް ރޮނާލްޑޯ ފުޅާ ކޮށްފި

ސްޕެނިޝް ލީގްގައި އެންމެ ގިނަ ހެޓްރިކު ހެދި ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ ފުލާ ކޮށްފި އެވެ. ޖިރޯނާ އަތުން 6-3 ން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ.

ސްޕެނިޝް ލީގްގައި މިހާރުވެސް އެންމެ ގިނަ ހެޓްރިކު އޮތީ ރޮނާޅްޑޯގެ ނަމުގަ އެވެ. އޭނާ ރޭ ހެދި ހެޓްރިކާ އެކު ސްޕެނިޝް ލީގްގައި އޭނާ 34 ވަނަ ހެޓްރިކެވެ. މިއީ ދެ ވަނައިގައި އުލޭ ލިއޮނަލް މެސީ އަށް ވުރެ ހަތް ހެޓްރިކު ގިނަ އަދަދެކެވެ. މެސީ ވަނީ ސްޕެނިޝް ލީގްގައި 27 ހެޓްރިކު ހދާފަ އެވެ.

ރޮނާލްޑޯގެ މުޅި ކެރިއަރުގައި އޭނާ ވަނީ 50 ވަނަ ހެޓްރިކް ހަދާފަ އެވެ. މި ސީޒްންގައި ރޮނާލްޑޯ ވަނީ މިހާރު 37 ލަނޑު ޖާހާފަ އެވެ. އޭގެ ތެރެއިން 21 ލަނޑު އޭނާ ޖެހީ އެންމެ ފަހުން ކުޅުނު 11 މެޗުގަ އެވެ.

ރޭގެ މެޗުގައި ރެއާލްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ލޫކަސް ވަޒްކްއޭޒް އާއި ގެރެތު ބޭލް އެވެ. ވަޒްކްއޭޒް ލަނޑު ޖެހި ރޮނާލްޑޯ ދިން ހިތްގައިމު ޕާހަކުންނެވެ.

ބާސެލޯނާ ރޭ އެތުލެޓިކް ކުލަބުގެ މައްޗަށް 2-0 ކާމިޔާބު ކޮށް އެ ޓީމު ވަނީ ތާވަލުގެ އެއް ވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނާގަފަ އެވެ. އެތުލެޓިކޯ މެޑްރިޑް ވަނީ ވިޔަރެއާލް އަތުން 2-1 ން ބަލި ވެފަ އެވެ.