ކުޅިވަރު

ސައްޓުގެ ދެ ލަނޑުން ޓީސީ ގަދަ ހަޔެއްގައި ހިމެނިއްޖެ

ކުލަބު ވެލެންސިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބުން މާލޭ ލީގް ގަދަ ހައެއްގެ ތެރޭގައި ހިމެނިއްޖެ އެވެ.

ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ޓީސީގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

ޓީސިގެ ފުރަތަމަ ލަނޑު ސައްޓު ކާމިޔާބު ކުރީ މެޗުގެ 60 ވަނަ މިނެޓްގައެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރުމަށް އޭނާ ބޭނުންވީ ހަތް މިނެޓް އިރު އެވެ. ޓީސީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އޭއެފްސީ ކަޕުގެ ކޮލިފައިން ބުރުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަނަޓޮލީ އެވެ.

އެންމެ ފަހުން، ކުޅުނު މެޗުގައި ޓީސީ ވަނީ ވިކްޓަރީ އަތުން ބަލިވެފަ އެވެ. މި މޮޅަކީ ޑޮމެސްޓިކް ސީޒަންގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. މަލޭ ލީގްގައި ކުރިން އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވީ އެވެ. ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ.

ފުރަތަމަ ފުލު ތިން ޕޮއިންޓާއެކު ޖުމުލަ ހަތަރު ޕޮއިންޓް ހޯދައިގެން ޓީސީ އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. މިދިޔަ ސީޒަންގައި މާލޭ ލީގް ޗެމްޕިއަން މާޒިޔާ އާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން، މާލޭ ލީގްގެ ދެ ވަނަ ގްރީން ސްޓްރީޓަށް ހޯދައިދިން ކޯޗު، ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) އާއެކު ވެލެންސިއާ އަދި މިހަތަނަށް ކުރިއަށް ދެވޭ ގޮތެއް ނުވެ އެވެ. ކުޅުނު ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެވެ. ޓީމު އޮތީ ތަވަލުގެ އެންމެ ފުލުގަ އެވެ.