ހަބަރު

އެމްއެންޔޫ އިމާރާތެއްގެ ސީލިންގުން ބައެއް ވެއްޓިއްޖެ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، އެމްއެންޔޫގެ އިމާރާތެއްގެ ސީލިންގުގެ ބައެއް ވެއްޓިއްޖެ އެވެ.

އަމީނީ މަގުގެ ބިލަބޮންގް ހައި ސުކޫލް ކައިރީ ހުންނަ އެމްއެންޔޫގެ އިމާރާތެއްގެ ސީލިންގެ ބައެއްވެއްޓި، އެތަނުން މިހާރު ވަނީ ހުރިހާ އެންމެ ނެރެފަ އެވެ. އަދި ކިޔަވަން ތިބި ހުރިހާ ކުދިންވެސް އެ އިމާރާތުން ނެރެ ކިޔަވާދިނުން ވެސް މިހާރު ވަނީ ހުއްޓާލާފަ އެވެ.

އެ އިމާރާތުގެ ސީލިންގެ ބޮޑު ބައެއް ވަނީ ވެއްޓިފަ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެ އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ އިމާރާތެކެވެ. ބިލަބޮން ހައި އިންޓަނޭޝަނަލް ސުކޫލްގެ ކުރިމައްޗަށް ވާ ގޮތަށް ހުންނަ ސަލާހުއްދީން ބިލްޑިން ގެ އިރުމަތިން ހުރި މި އިމާރާތަކީ މީގެ ކުރިން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުން ކުރި އިމާރާތެކެވެ.