އަލިފާން

ހިތަދޫގައި ކާރެއްގައި ރޯވެ އަނދައިފި

Mar 21, 2018

އައްޑު އަތޮޅު ހިތަދޫ ގެއެއްގެ ގޯތީގެ ތެރޭގައި އޮތް ކާރެއްގައި އަލިފާން ރޯވެ އަނދައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ރޭ ދަންވަރުގެ އެ ހާދިސާ ސިފައިންނާ ހަމައަށް ދިޔައީ މެންދަމު 2:00 ޖަހާއެހާކަންހާއިރު އެވެ. ކާރުގައި ރޯވެ އަނދަމުން ދަނިކޮށް ނިއްވާލީ ވެސް ސިފައިންނެވެ. އަލިފާން ރޯވެފައި ވަނީ އެ ރަށު ދިރާމުލިގޭގެ ގޯތި ތެރޭގައި އޮތް ކާރެއްގަ އެވެ.

ކާރުގައި ރޯވުމުގެ ސަބަބުން އެ ގޯތިތެރޭގައި ހުރި އެހެން ބައެއް ތަކެއްޗަށް ވެސް ގެއްލުންވިއިރު ފުލުހުން ގެންދަނީ ރޭގެ އެ ހާދިސާާ ބަލައި ތަހުގީގު ކުރަމުން ނެވެ.

ފަހަކަށް އައިސް ކާރުގައި ރޯކޮށްލުމާއި ރޯވުން ގިނަވެފައިވެފައި ވެއެވެ.