އިމާރާތުގެ މައްސަލަތައް ދިމާވަމުން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އިމާރާތުގެ ބައެއް ވެއްޓުމާ ގުޅިގެން އެ އިމާރާތް ހުސް ކުރަން ނިންމައިފި އެވެ.
މި ގޮތަށް ނިންމި އިރު އަމީނީ މަގުގައި ހުންނަ އެ އިމާރާތުގެ މަސައްކަތެއް ކުރަނިކޮށް ޝީޓުން ބައެއް ވެއްޓުމުން އިއްޔެ ވަނީ އެތަން ދޫކޮށް ދަރިވަރުން ނުކުތުމުގެ އިތުރުން އެތަނުގައި ކިޔެވުން ވެސް ހުއްޓާލާފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ އެ އިމާރާތުގެ ބަލައި ހެދި އިރު އެ އިމާރާތަކީ މިހާރު ރައްކާތެރި ތަނެއް ނޫން ކަމަށް ފެނުނު ކަމަށާއި އެހެންކަމުން އެތަން ހުސް ކުރުމަށް މިއަދު އަންގާނެ ކަމަށެވެ.