ހަބަރު

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަރީފްގެ މުއްދަތު ޖެހުން 12 ޖަހާއިރު

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފަށް މުއްދަތު ޖެހުމަށް އަނެއްކާވެސް މިއަދު ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެ ތިން ބޭފުޅުން މިއަދު ކޯޓަށް ހާޒިރު ކުރަނީ މެންދުރު 12:00 ގައެވެ.

މައުމޫނާއި އުއްތަމަ ފަނޑިޔާރު އިއްޔެވެސް ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އެދެބޭފުޅުންގެ ޝަރީއަތް ކެންސަލްވިކަން އަންގާފައިވަނީ ކޯޓަށް ހާޒިރުކޮށް އެ ކޯޓުގައި ހަ ގަޑިއިރަށްވުރެ ގިނައިރު އިންނެވި ފަހުންނެވެ.

މީގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދުގެ މުއްދަތު ޖެހުންވެސް މިއަދު އޮންނާނެ އެވެ. މި ހަތަރު ބޭފުޅުން ވެސް ކޯޓަށް ހާޒިރު ކުރަން ނިންމާފައިވަނީ މިއަދު މެންދުރު 12:00 ގައި އެވެެ.

މިއަދު މުއްދަތު ޖެހުމަށް ހަތް ބޭފުޅުން ކޯޓަށް ހާޒިރު ކުރާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. މަޖިލީހުގެ ހަތަރު މެންބަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދު އަދި އަހުމަދު ފާރިސް މައުމޫންގެ މައްޗަށްވެސް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފަ އެވެ. ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި އަހްމަދު އަރީފަށް ވެސް ވަނީ ޓެރަރިޒަމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

މީގެ އިތުރުން ހަސަން ސައީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާއިރު އިބްރާހިމް ސިޔާދުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތުދިން ކަމުގެ ދައުވާ އެވެ.