ކުއްލި ނުރައްކަލުގެ ހާލަތު

އަމީތު އަނެއްކާވެސް ފުލުހަށް ހާޒިރު ކުރަނީ

Mar 21, 2018
1

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާއަކާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އަމީތު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 10:00 އަށެވެ. އޭނާގެ މައްސަލައެއް ތަހުގީގު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް މާލޭ މަގުތައްމަތީ މުޒާހަރާ ކުރަން ހިތްވަރު ދެއްވުމާއި މުޒާހަރާއަށް ނުކުންނަން ގޮވާލެއްވި ކަމަށް ބުނެ އެވެ.

މީގެ ކުރިން ފުލުހަށް ހާޒިރުކޮށް އެ މައްސަލާގައި ބަޔާން ދެއްވަމުން އަމީތު ދެއްކެވި ވާހަކަތައް ފަހުމްނުވާ ކަމަށް ބުނެ އިއްޔެ ވެސް ވަނީ ފުލުހަށް ހާޒިރުވާން އަންގާފަ އެވެ. ނަމަވެސް ފަހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އަމީތު ވިދާޅުވީ އޭނާ ރޭ ދެއްކެވި ވާހަކަތައް ފުލުހުންނަށް ފަހުމްނުވި ސަބަބެއް އޭނާއަށް ވެސް އެނގިވަޑައި ނުގެންނެވި ކަމަށެވެ. އެކަމަކު ދެ ފަރާތުން ވެސް ވާހަކަ ދެއްކީ ދިވެހި ބަހުން ކަމަށެވެ.