ދިރާގު

ދިރާގުން އޯޓިޒަމް އެސޯސިއޭޝަންގައި ޕްލޭ ގްރައުންޑެއް އަޅަނީ

ބައިނަލްއަގުވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި އައުޓްޑޯ ޕްލޭގްރައުންޑެއް ގާއިމުކޮށްދޭން ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ނިންމައިފި އެވެ.

ދިރާގުން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަންގައި ޕްލޭގްރައުންޑް ގާއިމުކޮށްދިނުމުގެ އިތުރުން އެތަނަށް ބޭނުންވާ ވަސީލަތްތަކުގެސެޓްއަޕް އެއްވެސް ހަދިޔާ ކުރާނެ ކަމަށެވެ. އެގޮތުން އެތަނުގައި ކުދިންގެ މޯޓާ ސްކިލްސް ތަރައްގީ ވުމަށް ބޮޑު އެޙީތެރިކަމެއް ލިބޭނެ ކަމަށާއި އެ ކުދިންގެ އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އާލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. އަދި ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެ އެވެ.

ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން ކެއަާ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓާތަކަށް ވެސް ކޮންމެ އަހަރަކު އެހީވެ އެވެ.