ކުއްލި ނުރައްކަލުގެ ހާލަތު

އެމްޕީ ފައިސަލް ފުލުހަށް ހާޒިރު ކުރަނީ

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ފުލުހަށް ހާޒިރުވާން އޭނާއަށް އަންގައިފި އެވެ.

ފައިސަލް ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ ނޫސްރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ ހުރިހާ ރަށްތަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރުމަށް ހިިތްވަރުދީ ވާހަކަ ދައްކަވާފައިވާ މައްސަލައަކާ ގުޅިގެން އޭނާއާ ސުވާލު ކުރުމަށެވެ.

އެގޮތުން މާދަމާ މެންދުރު 1:15 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ފައިސަލަށް ވަނީ އަންގައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް މީހުން މަގުމައްޗަށް ނުކުތުމަށް ގޮވާލާ، ހިތްވަރުދިން މައްސަލައެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވެސް ވަނީ ފަސް ފަހަރަށް ފުލުހަށް ހާޒިރުކޮށް، ސުވާލު ކޮށްފަ އެވެ.