ހަބަރު

ޔޫޓިއުބް ހެޑްކުއާޓަރަށް ހަމަލާދީ ތިން މީހުން ޒަހަމްކޮށްލައިފި

ވީޑިއޯ ޝެއާކުރުމަށް ގިނަ ބަޔަކު ބޭނުންްކުރާ ސޯޝަލް މީޑިއާ ޔޫޓިއުބްގެ ހެޑްކުއާޓަރަށް މީހަކު ބަޑިން ހަމަލާދީ ތިން މީހުން ޒަހަމްކޮށްލައިފިއެވެ. ޔޫޓިއުބްގެ ހެޑްކުއާޓަރު ހުންނަނީ އެމެރިކާގެ ކެލިފޯނިއާގެ ސެންބްްރޫނޯ ނަމަކަށް ކިޔާ ރަށުގައެވެ.

ސީބީއެސް ނިއުސް ބުނީ ޔޫޓިއުބް ހެޑްކުއާޓަރަށް ހަމަލާދިނީ އަންހެނެއް ކަމަށާއި ހަމަލާ ދިނުަމަށް ފަހު އޭނާ އަމިއލައަށް މަރުވެފައިވާ ކަމަށެވެ. އަންގާރަދުވަހު އެހާދިސާ ހިނގުމާ އެކު ގިނަ އަދަދެއްގެ ފުލުހުން އެސަރަހައްދަށް ގޮސް ބައެއް އިމާރާތްތަކުން މީހުން ހުސްކުރި ކަމަށް ވެސް އެނޫހުން ބުންޏެވެ. ޒަހަމްވީ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެމެރިކާ ފުލުހުން ބުނީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ ނާސިމް އަޣުދާމް ނަމަކަށް ކިޔާ އުމުރުން 38 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި ބުނީ އޭނާ މަރުވީ އަމިއްލަ ގަޔަށް ބަޑިޖަހައިގެން ކަމަށެވެ. ޔޫޓިއުބް ހެޑްކުއާޓަރަށް އޭނާ ހަމަލާ ދިން ސަަބަބާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ޑޮމެސްޓިކް ހަމަނުޖެހުމެއްގެ ގޮތުގައި ކަަން އެނގިފައިވާ ކަމަށް އޭޕީ ބުންޏެވެ.

ހަމަލާދިން މީހާގެ ބައްޕަ ސީބީއެސް ލޮސް އެންޖަލިސް އަށް ބުނެފައި ވަނީ އޭނާގެ ދަރިފުޅު ޔޫޓިއުބް ދެކެ ރުޅިއަައިސްގެން އުޅުނު ކަން އެނގޭ ކަމަށެވެ.