އީރާން

ހިޒްބުﷲއަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރު: ޚާމަނާއީ

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲއަށް ހިތްވަރުދީ ސިޓީއެއް ފޮނުވާފައި ކަމަށް އީރާނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓް ކޮށްފި އެވެ.

މި ސިޓީގައި ހިޒުބުﷲ އިން ބޭނުންވާ ކޮންމެ ވަގުތަކުވެސް އެ ޖަމައާތަށް އެހީވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޚާމަނައީ ވިދާޅުވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިރާނުގެ އެންމެ އިސްވެރިޔާގެ ސިޓީއެއް ހަސަން ނަސްރުﷲއަށް ފޮނުއްވާފައިވާ މިވަނީ ހިޒްބުﷲއާ އިޒްރޭލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ފެށި އިޒްރޭލުން ވައިގެ މަގުން ހިޒުބުﷲގެ ތަންތަނަށް ގިނަ ހަމަލާތަކެއް ދެމުންދާ ވަގުތެއްގައެވެ. ލުބުނާންގެ ގިނަ އަދަދެއްގެ އާންމު މި ކުރިމަތިލުންތަކުގައި މިހާރުވެސް ވަނީ މަރުވެފަ އެެވެ. މީގެތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ.

ބަދަލު ހިފުމުގެ ގޮތުން ހިޒްބުﷲ އިން ވެސް ރައްދުގައި ރޮކެޓު ހަމަލާތަކެއް ދީފައިވާއިރު މި ހަމަލާތަކުގައި ޔަހޫދީންގެ ބައެއް މީހުން ޒަހަމްވެ ބައެއް މީހުން މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ޚަމަނާއީގެ ސިޓީއާއި ގުޅިގެން ހަނގުރާމައިގެ ތެރެއަށް އިރާން ވަދެފާނެ ކަމަށް ބެލެވޭ ކަމަށްވެސް މުރާސިލުން ބުނެ އެވެ.