ދުނިޔެ

އިޒުރޭލަށް ހަމަލާދީފިން، އަދިވެސް ދޭނަން: އީރާން

އިޒުރޭލުގެ ފެރިރަށް ތެލްއަވީވަށް ބެލިސްޓިކް މިސައިލުން ހަމަލާދީފިކަން -- އީރާންގެ އިސްލާމިކް ރިވޮލޫޝަނަކީ ގާޑް ކޯޕްސް (އައިއާރުސީޖީ) އިން ކަށަވަރުކޮށްދީފި އެވެ.

އީރާންގެ މީޑިއާތަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން އިޒުރޭލުގެ އެކި އަވަށްތަކަށް އަމާޒުކޮށް އީރާނުން 400 އަށް ވުރެ ގިނަ ރޮކެޓު ހަމަލާ ވަނީ ދީފަ އެވެ.

އީރާންގެ މި ބަދަލުހިފުމަކީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒުބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އިޒުރޭލުން މަރާލާފައި ވާތީ ހިފި ބަދަލުހިފުމެއް ކަމަށް އައިއާރުސީޖީން ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އަދި އައިއާރުސީޖީއަށް ނިސްބަތްވާ ކޮމާންޑަރުން މަރާފައިވާތީ ބަދަލަކަށް ފުދޭނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.

އިޒުރޭލުން ބަދަލުހިފުމުގެ ގޮތުން އީރާނަށް ހަމަލާދީފި ނަމަ، މިއަދުގެ ހަމަލާއަށް 1000 ގުނަ އަށް ވަރުގަދަކޮށް އިތުރުކުރާނެ ކަމަށް އީރާނުން ބުންޏެވެ.

އީރާނަށް ރައްދު ހަމަލާތައް ދޭނެ ކަމަށް އިޒުރޭލުން މިހާރުވެސް ވަނީ ބުނެފަ އެވެ.