ވިޔަފާރި

ޒަމާނީ މެޝިނަރީއާއެކު ރޮށި ފިހުން "މިސްޓަ ރޮށި"އިން

Apr 7, 2018
1

"ރޮށި ދަމައި... ދަމައި އަތަށް ތަދުވެއްޖެ" މިއީ ގިނަ އަންހެނުންގެ ޝަކުވާ އެކެވެ. އެހެންވެ މިކަމުގެ ހައްލު ލިބޭތޯ ގިނަ ފިރިން އެކި ދިމަދިމާ ބަލަ އެވެ. އެކަމަކު މިހާތަނަށް ރާއްޖެ އަކުން މިކަމުގެ ހައްލެއް ނެތެވެ. ނަމަވެސް، ދިވެހި ކުންފުންޏަކުން މިވަނީ މީގެ ހައްލުވެސް ރާއްޖެ ގެނެސްދީފަ އެވެ. އެއީ ޒަމާނީ މެޝިނަރީއާއެކު ފިހެ ދިނުމުގެ ހިދުމަތް "މިސްޓަ ރޮށި" ބްރޭންޑުން ފެށުމެވެ.

"ދިވެހިންނަށް ކާން މި ލިބޭ ރޮށި މި ހުންނަނީ ތަފާތު އެކި ކޮލެޓީތަކުގައި. އަނެއްކާ ރަނގަޅު ތެލުގައި ފިހެފައި ހުންނަ ރޮށި ހޯދަން ވެސް އެހާ ދަތި. އެހެންވެ ދިވެހިން ކާ ހިތްވާ ގޮތަށް ކޮލިޓީކޮށް، ރޮށި ލިބޭނެ ތަނެއް ހުޅުވުމުގެ ހިޔާލު އަކީ،" ކިންގްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖުމީ ވިދާޅުވި އެވެ.

ކަލާފާނު ހިނގުން، ވުޑްބެރީ ރެސްޓޯރެންޓު ކައިރީގައި ހުޅުވާފައިވާ "މިސްޓަ ރޮށި" އިން ތިން ވައްތަރެއްގެ ރޮށި ލިބެން ހުރެ އެވެ. އެއީ ތަރުކާރީ ތެލުގައި ފިހެފައި ހުންނަ ޕްލެއިން ރޮއްޓާއި އޮލިވް އޮއިލްގައި ފިހެފައި ހުންނަ ރޮށި އަދި އާޓާ ރޮއްޓެވެ.

މިނެޓަކު 1000 ރޮށި!

"މިސްޓަ ރޮށި" އިން މި ހިދުމަތް ދެނީ ޒަމާނީ މެޝިނަރީގެ އެހީގަ އެވެ. ރޮށި ފިހާ ފުށް ގަނޑު މެޝިނުގެ ތެރެ އަށް ލުން ފިޔަވައި ހުރިހާ ކަމެއް ކުރަނީ މެޝިނަރީގެ އެހީގަ އެވެ. ފިހެ ނިމުމުން ރޮށިތައް ނަގައި ހޫނުކަން މަތީގައި އެ ޕެކްކޮށްލަ އެވެ. ވަރަށް ތާޒާ އެވެ. މި މެޝިނުން މިނެޓެއްގެ ތެރޭގައި 1،000 ރޮށި ފިހެލަ އެވެ. އެހާމެ އަވަހެވެ.

"ފުލީ އޮޓަމެޓިކް މެޝިނަރީ ތަކަށް ނުދި އައީ މީގެ ސްޓޭންޑަޑް ތަކެއް ހިފަހައްޓަން ވެގެން. ޑެމޭޖު ކުޑަ ކުރަން. މީހަކު ހުރެގެން އެކަން ކުރަން ވިސްނީ އެހެންވެ،" ފުލީ އޮޓަމެޓިކް ސިސްޓަމަކަށް ނުދިޔަ ސަބަބު، އެމްޑީ، ނަޖުމީ ވިދާޅުވި އެވެ.

"ދިވެހި ރަހަ، އަގު ހެޔޮ"

"މިސްޓަ ރޮށި" އިން ފިހެ ދޭ ރޮށި ޕެކެޓެއްގައި 10 ރޮށި ހުރެ އެވެ. މީގެ އަގުތައް ހުރީ އަތް ފޯރާ ފަށުގަ އެވެ.

"އަދި ސޮފްޓް ލޯންޗިންއެއްގައި މި ހިންގަނީ. އެކަމަކު ވެސް ވަރަށް ބޮޑު ތަރުހީބެއް އެ ބަލިބޭ. މިއީ ފުލީ ބޭކް ޕްރޮޑަކްޓެއް. އެތެރެ ވެސް ހުންނާނީ ރަނގަޅަށް ފިހެވިފައި،" ނަޖުމީ ވިދާޅުވި އެވެ.

ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަން ޓަކުން އުފެއްދި މި ވިޔަފާރީގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރެ އެވެ. ލޭބަރުން ފިޔަވައި އެހެން މީހުންނަކީ ދިވެހިންނެވެ.

"އެންމެ ބޮޑަށް އިސްކަން ދެނީ ހެލްތީ ސްޓޭންޑަޓްތައް މެއިންޓެ އިން ކުރުމަށް. ސާފުތާހިރި ކަމަށް. އެކަމަށް އެންމެ އިސްކަން ދޭނީ،"