ވިޔަފާރި

ވެލިގާގެ "ބްލަންކް" ފިހާރަ ހާއްސަވި ހަތަރު ސަބަބު

Apr 6, 2018

މަޝްހޫރު ވެލިގާ އިން ރޭ ވަނީ ބްރޭންޑްކޮށް، "ބްލަންކް" ގެ ނަމުގައި އާ ފިހާރައެއް ހުޅުވާފަ އެވެ. މި ފިހާރަ ހުޅުވާފައިވަނީ ޖަނަވަރީ މަގުގަ އެވެ. ސުވާލަކީ މި ފިހާރަ ހާއްސަވާ ސަބަބަކީ ކޮބައި ހެއްޔެވެ؟ ތިރީގައި އެވަނީ ބްލަންކް ފިހާރަ ހާއްސަވާ ހަތަރު ސަބަބެވެ.

މޮޅު އުފެއްދުންތައް ތަކެއް

ހާއްސަކޮށް ޓޫރިޒަމް ދާއިރާ އަށް އާއްމުކޮށް ހުރިހާ ދާއިރާއެއްގެ އުފެއްދުންތައް އެންމެ ފުޅާކޮށް އުފައްދާ ތަނަކީ ތައިލެންޑެވެ. ވެލިގާއިން ހުޅުވި "ބްލަންކް" ފިހާރާގައި ލިބެން ހުރީ ތައިލެންޑުގެ މޮޅު އުފެއްދުންތަކެވެ. މިގޮތުން މިތަނުން ލިބެން ހުރީ ތައިލެންޑުގައި 1970 ވަނަ އަހަރުން ފެށިގެން ވިޔަފާރިކުރާ ވީއެޗްއާރު ކުންފުނީގެ އުފެއްދުންތަކެވެ.

ލަގްޒަރީ، އެކަމަކު އަތް ފޯރާނެ

މިތަނުގައި ލިބެން ހުރީ ފާހާނާ އާއި ގޭގެ އެތެރެ ފަރުމާ ކުރުމަށް ބޭނުންވާ ސާމާނެވެ. މި ފިހާރާގައި ގޭބިސީތަކާއި، އަލަށް ތަރައްގީވެ ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިތަކަށް ބޭނުންވާނެ މުހިންމު ސާމާނު ލިބެން ހުރެ އެވެ. މީގެ އިތުރުން އެންމެ ފެންވަރު ރަނގަޅުކޮށް ތަރައްގީ ކުރާ ސަފާރީތަކާއި ރިސޯޓުތަކަށް ވެސް މި ޕްރޮޑަކްޓްތައް ކަމުދާނެ އެވެ. އެންމެ ލަގްޒަރީ ޕްރޮޑަކްޓް ހުރިއިރު، އަގުތައް ހުރީ އެކަށީގެންވާ ވަރެއްގަ އެވެ.

ގަންނަ އެއްޗަށް ޔަގީންކަން

ބޮޑެތި ޕްރޮޖެކްޓްތަކަށް މި ބްރޭންޑުގެ އުފެއްދުންތައް ހޯދަން ތައިލެންޑަށް ކުރިން ވިޔަފާރިވެރިންދެ އެވެ. އެކަމަކު "ބްލަންކް" ފިހާރަ ހުޅުވުމާއެކު މިހާރު ބޭރަށް ދިއުމުގެ ބޭނުން މިވަނީ ކެނޑިފަ އެވެ. މި ފިހާރައިން މި އުފެއްދުންތައް ގަތުމުން ވޮރަންޓީވެސް ލިބޭނެ އެވެ.

ބޭނުންވާ އެތި ހޯދައިލަން ފަސޭހަ

މާލޭގައި ބޮޑެތި ފިހާރަތައް ގިނަ އެވެ. އެކަމަކު އެތަނެއްގައި ހުންނަ އުފެއްދުންތައް ގަންނަން ދާ މީހާއަށް ރަނގަޅަށް ފެންނަ ގޮތަށް ހުންނަނީ މަދު ތަނެކެވެ. ނަމަވެސް "ބްލަންކް" ފިހާރަ ހާއްސަވާ އެއް ސަބަބަކީ ޑިސްޕްލޭ ކޮށްލާފައިވުން ފުރިހަމަ ކަމެވެ. ބޭނުންވާ އެތި ހޯދައިލަން މި ފިހާރައިން ވަރަށް ފަސޭހަވާނެ އެވެ. އަދި މިކަމަށް އިތުރު ހިތްގައިމުތަކެއް ގެނެސްދެނީ ހިތްހެޔޮ މުވައްޒަފުންގެ ހިދުމަތެވެ.