ހަބަރު

މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނުތަކެއް އަތުލައިގެންފި

Apr 6, 2018
1

މާފުށީ ޖަލަށް ވެއްދުމަށް ތައްޔާރުކޮށްފައިހުރި ގިނަ އަދަދެއްގެ ފޯނާއި އެއާ ގުޅޭ ސާމާނު ތަކެއް ފުލުހުން ހޯދައިފި އެވެ. އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މިދިޔަ ބުދަ ދުވަހު ފުލުހުން ކ. ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

ގުރައިދޫ ގެއެއް ބަލައި ފާސްކުރިއިރު އެގޭ ކޮޓަރިއެއްގެ ތެރެއިން 22 މޯބައިލް ފޯނާއި މޯބައިލް ފޯނުގެ 29 ޗާޖަރު އަދި ފަސް ސިމްކާޑް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މީޑިއާ ޕްލެޔަރަކާއި ދެ ރިމޯޓާއި ކޭބަލް ތަކެއްވެސް އެތަކެއްޗާ އެކު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް އަދި ނުވެ އެވެ. އެ މައްސަލައިގެ ތަހުގީގު ގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ކުރަމުން އެވެ.