ހަބަރު

ގާސިމްގެ އަންހެން ދަރިފުޅު ސިޔާސީ ޕޯޑިއަމް އަކަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ހައްޔަރުކޮށްފައި ވަނީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށާއި އެމަނިކުފާނުގެ ކުށަކީ ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރެއްވުން ކަމަށް ގާސިމްގެ ދަރިކަނބަލުން ސަނާ ގާސިމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ޖަގަހާގައި މިއަދު ބޭއްވި ހަރަކާތުގައި ސަނާ ވަނީ ބައިވެރިވެ ވާހަކަވެސް ދައްކައިފަ އެވެ. މިއީ އޭނާ ސިޔާސީ ޕޯޑިއަމްއެއްގައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އެނާ ވިދާޅުވީ ގާސިމްއަށާއި ސިޔާދު ގާސިމްއަށް ސަރުކާރުން އަނިޔާ ކުރަމުން ދަނީ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ނުކުރާތީ ކަމަށާއި އެ އަނިޔާތަކުގެ ސަބަބުން އާއިލާ ފުން ހިތާމައާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ބައްޕަ ގާސިމް ހައްޔުކޮށްފައި ވަނީ ކުށެއް ކުރައްވައިގެން ނޫން ކަމަށާއި ކުށަކީ ވެސް ރައީސް ޔާމީންއަށް ތާއީދު ކުރެއްވުން ކަމަށް ސަނާ ވިދާޅުވި އެވެ.

ސަނާ ވިދާޅުވީ ސަރުކާރުން ކުރަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް ހުރިހާ ފަރާތްތަކުން ތެދުވަން ޖެހޭ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ.