ހަބަރު

ލަންކާގައި އެކްސިޑެންޓެއް ހިނގައި ދެ ދިއްސަކަށް އަނިޔާވެއްޖެ

އަވައްޓެރި ސްރީލަންކާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ދިވެހިންނަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ލަންކާގެ ނޫރައްލިއާ އިން ކޮލޮންބޯއަށް ދިޔަ ވޭނެއް ބަހެއްގައި ޖެހިގެނެވެ، އެ ހާދިސާގައި ދ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ހާލިދު އަބްދުﷲ އާއި ސީއެޗްއެސްއީގެ ލީޑިން ޓީޗަރު އައިމިނަތު ޒާހިރާއަށް ބޮޑެތި އަނިޔާތަކެއް ވަނީވެފަ އެވެ. އެގޮތުން އެ ދެ މީހުންގެ ބޯފަޅައިގެން ގޮސްގެން ލަންކާގެ ކަރަނަވެލަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެ އެވެ.

އެ ދެ ދިވެހިންގެ އިތުރުން ލަންކާގެ ތިން ޓީޗަރަކު ވެސް އެ ވޭނުގައި ތިއްބެވެ. އެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައްވި އެވެ.