ވިޔަފާރި

ވެލިގާއަށް 10 އަހަރު: އަގު ހުރި އިނާމުތަކާއެކު ބޮޑު ޑިސްކައުންޓެއް

Apr 7, 2018

ވެލިގާ ހާޑްވެއާގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އަގުބޮޑު އިނާމުތަކާއި 25 ޕަސެންޓުގެ ޑިސްކައުންޓް އަޅުވައިފި އެވެ.

ވެލިގާ ހާޑްވެއާ އަށް "ދިހައެއް ވީ ޕްރޮމޯޝަން" ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި މިއީ މިގޮތަށް ބާއްވާ ފުރަތަމަ ހަރަކާތެވެ. މި ޕްރޮމޯޝަންގައި 100،000 ރުފިޔާގެ އަގުހުރި އިނާމު ލިބޭއިރު، ތަފާތު ޕްރޮޑަކްޓްތަކުން 25 ޕަސެންޓާ ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ވެލިގާ ހާޑްވެއާރގެ ކޮންމެ ފިހާރައަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި މީގެ އިތުރުން ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރި އަކަށް އިތުރު ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ކޮންމެ ފިހާރައަކުން ގުރުއަތުން ހޮވޭ ނަސީބުވެރި އަކަށް 2،000 ރުފިޔާގެ އަގުހުރި ވައުޗަރެއް ދެވޭނެ އެވެ.

މީގެ އިތުރުން މުޅި ޕްރޮމޯޝަންގެ ހުރިހައި ބައިވެރިންގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން އެއް ވަނަ ފަރާތަކަށް 25,000 ރުފިޔާގެ ވައުޗަރެއް ދެ ވަނަ ފަރާތަކަށް 10,000 ރުފިޔާގެ ވައުޗެއް އަދި ތިން ވަނަ ފަރާތަކަށް 5,000 ރުފިޔާގެ ވައުޗެއް ވަނީ ހުށަހަޅާފަ އެވެ. މި ކޮންމެ ފަރާތްތަކަށްވެސް މި ވައުޗަރު ބޭނުން ކޮށްގެން ވެލިގާ ވެލިގާހާޑުވެއާގެ ހުރިހައި ފިހާރަ އަކުން އަދި ބްލަންކްއިން ވައުޗަރު އަދަދަށް ތަކެތި ގަނެވޭނެ އެވެ.

ދެހާސް އަށް ވަނަ 2008 ވަނަ އަހަރުން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާގެ ހިދުމަތަށް 10 އަހަރު ފުރިފައިވާއިރު، ވެލިގާ އަކީ މިހާރު ރާއްޖޭގެ ހާޑްވެއާގެ ވިޔަފާރިގެ މަތީފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތަށް ބްރޭންޑްތަކެއް ގެ އުފެއްދުންތަށް ރާއްޖެ އެތެރެކޮށް މަސައްކަތްތެރިންނާ ހަމަ އަށް ފޯރުކޮއްދެމުން އަންނަ ކުންފުންޏެކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބްރޭންޑުތަކުގެ ތެރޭގައި ސެލީސް، މެޓާބޯ، ނިޕެކްސް، ވެރާ، ވީއާރުއެޗް، މެޑްކާ ފަދަ ބްރޭންޑްތައް ހިމެނެ އެވެ. މިދިޔަ އަހަރު ތަކުގެތެރޭގައި ވެލިގާ ހާޑްވެއާރާއިން ދެމުންއައި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ވީހައި ވެސް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މާލެ، ހުޅުމާލެ އެކުލެވޭ ގޮތަށް މިހާތަނަށް ވަނީ ފަސް ފިހާރައެއް ހުޅުވިފަ އެވެ. އަދި މީގެ އިތުރުން ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި "ބްލަންކް" ގެ ނަމުގައި ފިހާރައެއް ވަނީ ހުޅުވާފަ އެވެ.