ވިޔަފާރި

"ނޯޓް" މޭކަޕް ކަސްޓަމަރުންނާއި ގާތަށް

ރާއްޖޭގައި ވިއްކާ ތަފާތު މޭކަޕް ބްރޭންޑްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ މޭކަޕް ބްރޭންޑަކަށް "ނޯޓް" ވާނެ އެވެ. މަޝްހޫރު ބްރޭންޑަކަށްވެފައި ކޮލެޓީ ރަނގަޅު އަދި އަތްފޯރާ އަގުގައި މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ލިބެ އެވެ.

ތުރުކީގެ މަޝްހޫރު "ނޯޓް" ބްރޭންޑް ރާއްޖެ އެތެރެކޮށް މާކެޓުކުރާ "ނިއު އެޑިޝަން" ފިހާރާއިން މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ކަސްޓަމަރުންނަށް ވީހާވެސް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިއަދު ވަނީ ރީޓެއިލްކޮށް މި ބްރޭންޑުގެ މޭކަޕް ވިއްކުމަށް ބައެއް ރީޓެއިލް ވިޔަފާރީކުރާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެގޮތުން މާލޭގައި ހުންނަ ޕޮއިންޓް ފާމަސީއާ އާއި ގެޓް ވެލް ފާމަސީއާއެކު ވަނީ ސޮއިކޮށްފަ އެވެ. ޕޮއިންޓް ފާމަސީގެ ގިނަ ފިހާރަތަކުން މި ބްރޭންޑުގެ މޭކަޕް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ހެލްތް އެންޑް ބިއުޓީ ފާމަސީންވެސް ލިބެން ހުންނާނެ އެވެ.

ނިއު އެޑިޝަނުން މިހާރު އަންނަނީ އަތޮޅު ތެރޭގެ ގިނަ ރަށްތަކަށްވެސް މި ބްރޭންޑުގެ މޭކަޕް ރީޓެއިލްކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ ހަފްތާ ތެރޭގައި ލ. ފޮނަދޫ، ފްރެގްމެންޓް ފިހާރައިންވެސް މި ބްރޭންޑުގެ މޭކަޕް ލިބޭނެކަމަށް ނިއު އެޑިޝަނުން ބުނެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް 'ނޯޓް' މޭކަޕް ފަސޭހައިން ލިބޭނެ ގޮތް ހަދާދިނުން. ކުރިއަށް އޮތް ތަނުގައި އަދި އިތުރު ރީޓެއިލްކުރާ ފަރާތްތަކާއެކު އެއްބަވުންތައް އެކުލަވާލާނަން."

ރީޓެއިލްކޮށް މި ބްރޭންޑުގެ މޭކަޕް ވިއްކަން ބޭނުންވާ ފަރާތްތަކަށް ނިއު އެޑިޝަނުން ވަނީ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ނިއު އެޑިޝަނުން މިހާރު ތައާރަފްކޮށްފައިވާ "ނޯޓް" ބްރޭންޑުގެ ބައެއް މޭކަޕް ސާމާނުގެ ތެރޭގައި ތާފާތު ވައްތަރުތަކުގެ ފައުންޑޭޝަނާއި، ކޮންސީލަ، ލިޕްސިޓިކް، އައިލައިނާ އަދި އައިޝެޑޯ ފަދަ ސާމާނުތައް ހިމެނެ އެވެ. މިއިން ކޮންމެ ވައްތަރެއްގެ މޭކަޕް ޕްރޮޑަކްޓެއް ވަކިން ގެންގޮސް ވިއްކޭނެ އެވެ.

މި ޕްރޮޑަކްޓުތައް ވިޔަފާރީ ކުރުމަށް ވިއްކާއިރު ކޮންމެ ވައްތަރެއްގެ ޕްރޮޑަކްޓުތަކާއެކު ޑިސްޕްލޭ ކޮށްފައި ބެހެއްޓުމަށް ހާއްސަ ސްޓޭންޑެއް ލިބެން ހުންނާނެ އެވެ. އެހެންކަމުން އެންމެ އާދައިގެ ފިހާރަތަކުގައިވެސް މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަކަމާއެކު ޕްރޮޑަކްޓް ޑިސްޕްލޭކޮށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނިއު އެޑިޝަނުން ބުނެ އެވެ.

"ނޯޓް" ބްރޭންޑުގެ މޭކަޕް ޕްރޮޑަކްޓުތައް ތައާރަފުކުރިތާ މިހާރު ދެ މަހެއްވެފައިވާއިރު ކަސްޓަމަރުންގެ ފަރާތުން އެ ޕްރޮޑަކްޓުތަކަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ގިނަ ކަސްޓަމަރުން ބުނަނީ މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ހިޔާކުރަނީ އެކަށީގެންވާ ރަނގަޅު އަގެއްގައި ފެންވަރު ރަނގަޅު ޕްރޮޑަކްޓުތަކެއް ލިބޭތީ ކަމަށެވެ.

"ނޯޓް" ބްރޭންޑުގެ މޭކަޕްތައް އުފައްދާފައި ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެހެން ބްރޭންޑުތަކާ އެއް ފެންވަރެއްގައި ގިނަ ދިރާސާތަކެއް ހެދުމަށްފަހު އެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި "ނޯޓް" ރޭންޖުކުރެވިފައި ވަނީ ޕްރިމިއަމް ބްރޭންޑެއްގެ ގޮތުގަ އެވެ. އެ ރޭންޖުގައި ނަން މަޝްހޫރު ބްރޭންޑުތައް ކަމަށްވާ "ލޯރިއަލް ޕެރިސް"، "ޑިއޯރް" އަދި "ލެންކޮމް ޕެރިސް" ފަދަ ބްރޭންޑުތައް "ނޯޓް" މޭކަޕާއި ވާދަކުރެ އެވެ.

މި ބްރޭންޑަށް އެންމެ އިތުބާރު ކުރެވޭ ސަބަބަކީ މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަކީ ވެސް ސަތޭކަ ފަސެންޓު ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކަކަށް ވުމެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގައި އެއްވެސް މިންވަރަކަށް އޫރާއި އެސިޑް އަދި އަލްކަހޯލްގެ މާއްދާއެއް އެކުލެވިގެނެއް ނުވެ އެވެ.