ވިޔަފާރި

ޕްރީސޭލްސް ޕާސަންގެ އެވޯޑާއެކު މެކްސްކޮމް އަށް ޑެލްގެ ދެ އެވޯޑު!

Apr 10, 2018
1

ޑެލް ކުންފުނީގެ އުފެއްދުންތައް ވިއްކާ ފަރާތްތަކަށް ދޭ ޕްރީ-ސޭލްސް ޕާސަންގެ އެވޯޑާއި ރާއްޖޭގެ އެންމެ ރަނގަޅު ޕާޓްނަރުގެ އެވޯޑު މެކްސްކޮމް ޓެކްނޮލިޖީސް އަށް ލިބިއްޖެ އެވެ.

ޑެލްގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓާ މެކްސްކޮމް އަށް މި އެވޯޑުތައް ދީފައިވަނީ އެ ކުންފުނީގެ ޕާޓްނަރުންނަށް ސްރީލަންކާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިގޮތުން އެ ކުންފުނީގެ ސީނިއަ މެނޭޖަރު ކޯޕަރޭޓް ސޭލްސް މުހައްމަދު މުހުތާރަށް ވަނީ އައުޓްސްޓޭންޑިން ޕްރީ-ސެލްސް ޕާސަންގެ އެވޯޑެވެ. މި އެވޯޑު ދެނީ ޑެލްގެ އުފެއްދުންތައް މާކެޓުކޮށް ވިއްކުމާއި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ވަކިވަކި ފަރުދުންނަށެވެ. މިއީ މި ބްރޭންޑުން ވަކިވަކި އިންޑިވިޖުއަލްސްގެ މަސައްކަތުގެ އަގު ވަޒަންކޮށް ދޭ އެވޯޑެކެވެ.

މި އެވޯޑުގެ އިތުރުން މެކްސްކޮމް އަށް މި އަހަރު ވެސް ވަނީ ރާއްޖޭގައި މި އުފެއްދުންތައް ވިއްކާ ފަރާތްތަކުގެ ތެރެ އިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑު ލިބިފަ އެވެ. މި އެވޯޑު ވަނީ މެކްސްކޮމް އަށް 2012 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑު ލިބެމުންދާ އެވޯޑެކެވެ.

މެކްސްކޮމް އިން ކޮންމެ އަހަރަކު ވެސް ދަނީ ޑެލްގެ ވިޔަފާރި ރާއްޖޭގައި ފުޅާ ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ޑެލްގެ އިތުރުން މެކްސްކޮށް އިން ދަނީ ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ ސާމާނު ވިއްކަމުންނެވެ. މިގޮތުން ފާހަގަ ކުރެވޭ ބައެއް ބްރޭންޑްތަކުގެ ތެރޭގައި ވާވޭގެ ބްރޭންޑާއި މައިކްރޯ ސޮފްޓް ސޮފްޓްވެއާ ހިމެނެ އެވެ. އެ ކުންފުނިންޏަށް ދަނީ ކޮންމެ އަހަރަރު ވެސް މައިކްރޯސޮފްޓްގެ "މައިކްރޯސޮފްޓް ބެސްޓް މެނޭޖަރު ޕާޓްނަރުގެ އެވޯޑު" ލިބެމުންނެވެ.