ދިރާގު

ދިރާގު ފައިބާ އިންޓަނެޓާއި، ޓީވީ ގއ. ވިލިނގިއްޔަށް!

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގުން ހައިސްޕީޑް ފައިބާ އިންޓަނެޓް އާއި ދިރާގު ޓީވީގެ ހިދުމަތް ގއ. ވިލިގިލީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގުން ބުނީ އެ ދެ ހިދުމަތް ވިލިނގިލީގައި ތައާރަފް ކުރުމަށްޓަކައި އެ ރަށުގައި ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި އެގޮތުން ފައިބާ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމާއި ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮސް ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ހިދުމަތް ލިބިގަތުމަށް އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ލަކީ ޑްރޯއެއް އޮންނާނެ ކަމަށާއި އެގެން ގުރުވަތުން ހޮވޭ ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި އެއް އަހަރުގެ ހިލޭ ދިރާގު ޓީވީގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި ދިރާގު ޓީވީގެ އިންޓްރޯޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300ރ. އެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކެވެ. ނަމަވެސް އެ ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގާނެ އެވެ. އަދި އިންޓަނެޓްގެ ޑައުންލޯޑް ލިމިޓަޑަކަށް ވެސް ސަރެއްނުކުރާނެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ.

ދިރާގުގެ "ފައިބާ ޓު ދަ ހޯމް" މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 38 އެހެން ރަށަކަށް ވަނީ ފޯރުކޮށްދެ އެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުން ލިބެއެވެ.