ވިޔަފާރި

ނިވައިރޯޅި: މޭކަޕް ޕާޓްނަރަކަށް "ނޯޓް" ކޮސްމެޓިކްސް

"ނޯޓް" އަކީ ފިލްމު '"ނިވައިރޯޅި"ގެ ފުރަތަމަ ސްޕޮންސާ --
50%
0%
50%

ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ މޭކަޕް ޕާޓްނަރަކަށް މަޝްހޫރު މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސް ހަމަޖައްސައިފި އެވެ.

މޭކަޕް ޕާޓްނަރަކަށް "ނޯޓް" ހަމަޖެއްސުމަށްފަހު މި ބްރޭންޑްގެ ކޮސްމެޓިކްސް ރާއްޖެ އެތެރެކުރާ ނިއު އެޑިޝަން ފިހާރައާއެކު އެއްބަސްވުމުގައި ސޮއިކުރީ ރޭ މި ފިލްމުގެ ކާސްޓު އިއުލާނުކުރުމަށް ރާންބާ ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

"ވަރަށް ބޮޑު ކުރިއެރުމެއް 'ނޯޓް' އިން މި ފިލްމަށް މި ހޯދައިދިނީ. މުޅި ފިލްމަށް ބޭނުންވާ ވަރަށް ހުރިހާ މޭކަޕް ސާމާނެއް މި އެއްބަސްވުމާއެކު ލިބިގެންދާނެ." ނިއުމާ ބުންޏެވެ. "މިއީ 'ނިވައިރޯޅި' ގެ ފުރަތަމަ ސްޕޮންސަރުވެސްމެ. އަދި 'ނޯޓް' ކަހަލަ މޮޅު ބްރޭންޑެއް އަޅުގަނޑުގެ ފިލްމުގެ މޭކަޕް ޕާޓްނާއަކަށްވީމަ ވަރަށް ބޮޑު އުފާކުރަން."

"ނިވައިރޯޅި"ގެ ކާސްޓު އިއުލާނުކުރުމަށް ރޭ ރަނބާގައި ބޭއްވި ހަފްލާގެ ތެރެއިން --

ނިއު އެޑިޝަން ފިހާރަ އިން ބުނީ ނިއުމާއަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ފުންނާބުއުސް ފިލްމީ ތަރިއަށްވެފައި އޭނާގެ ވަދާއީ ފިލްމު ސްޕޮންސާ ކުރުމުގެ ފުރުސަތު "ނޯޓް" ކޮސްމެޓިކްސްއަށް ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"ނިއުމާ މި ފުރުސަތު 'ނޯޓް' އަށް ދެއްވީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެއް އުއްމީދުކުރަން މި ފިލްމަކީ ވަރަށް ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް. އަދި 'ނޯޓް' ކޮސްމެޓިކްސްއާއެކު ފިލްމަށް އިތުރު ފުރިހަހަމަކަމެއް ލިބި، މި ބްރޭންޑުގެ މޭކަޕްގެ ކޮލިޓީ ގިނަ ބަޔަކަށް އިނގިގެންދާނެ ކަމަށްވެސް އުއްމީދުކުރަން."

"ނިވައިރޯޅި"ގެ ކާސްޓު އިއުލާނުކުރުމަށް ރޭ ރަނބާގައި ބޭއްވި ހަފްލާގެ ތެރެއިން --

ރާއްޖޭގައި ވިއްކާ ތަފާތު މޭކަޕް ބްރޭންޑްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ މޭކަޕް ބްރޭންޑަކަށް "ނޯޓް" ވާނެ އެވެ. މަޝްހޫރު ބްރޭންޑަކަށްވެފައި ކޮލެޓީ ރަނގަޅު އަދި އަތްފޯރާ އަގުގައި މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ލިބެ އެވެ.

"ނޯޓް" ބްރޭންޑުގެ މޭކަޕްތައް އުފައްދާފައި ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެހެން ބްރޭންޑުތަކާ އެއް ފެންވަރެއްގައި ގިނަ ދިރާސާތަކެއް ހެދުމަށްފަހު އެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި "ނޯޓް" ރޭންޖުކުރެވިފައި ވަނީ ޕްރިމިއަމް ބްރޭންޑެއްގެ ގޮތުގަ އެވެ.

މި ބްރޭންޑަށް އެންމެ އިތުބާރު ކުރެވޭ ސަބަބަކީ މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަކީ ވެސް ސަތޭކަ ފަސެންޓު ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކަކަށް ވުމެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގައި އެއްވެސް މިންވަރަކަށް އޫރާއި އެސިޑް އަދި އަލްކަހޯލްގެ މާއްދާއެއް އެކުލެވިގެނެއް ނުވެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތަފާތެއްނެތް

ސަދޫމް އަކާ މާބޮޑު ތަފާތެއްނެތް

ހާދަބުލޮންޑޭ

ހާދަބުލޮންޑޭ

އަގްހހ

ވަދާއީ ފިލްމޭ ކިޔަކިޔާފަ ހަމަ އަދިވެސް ފިލްމު ކުޅެނީނު. ދެން ހުއްޓަބަލަ.

މަޒީދު

ނީވާކަމުގެ އީދީކޮޅަކީ އޮރީޔާންކަން ކަމުގައީވާނަމަ.. އޮރީޔާންކަން ބޮޑު..

ޤާދިރު

މަހީކުރީ ނިޢުމާ ކަނބުލޮ ދެން ދެން ފިލްމު ނުކުޅޭނެ ކަމަށް. އުޅޭނީ ޔާމީނު ހުއްޓުވަން މުޒާހަރާގަ ކަމަށް..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345