ދިވެހި ސިނަމާ

އައިފިލްމުގެ ބިރުވެރި ވާހަކަ ދިރާގު ޓީވީއަށް

Jun 5, 2022
0%
0%
0%

އައިފިލްމުގެ ބިރުވެރި ވާހަކަ ދިރާގު ޓީވީގައި ޕްރިމިއާ ކޮށްފި އެވެ.

ދިވެހި ގިނަ އަމިއްލަ އުފެއްދުންތަކަށް ފުރުސަތު ފަހިކޮށްދެމުން ގެންދާ ދިރާގުން ބުނީ "ބިރުވެރި ވާހަކަ" އަކީ އާދަޔާ ހިލާފު ބިރުވެރި ސީރީޒް އެކެވެ. ސީރީޒް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ދިވެހި އޯޑިއެންސަަށް ޝައުގުވެރިވާނެ ސިފަތައް ހިމަނައިގެންނެވެ.

އައިފިލްމްސްގެ ސީއީއޯ އިލްޔާސް ވަހީދު ވިދާޅުވެފައިވާ ގޮތުން ބިރުވެރި ވާހަކަ އަކީ އައިފިލްމްސް އިން ގެނެސްދިން ފުރަތަމަ ސީރީޒެވެ. އަދި މި ސީރީޒް އަކީ ގިނަ ބަޔަކު ޝައުގުވެރިވާނެ ސީރީޒްއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ދިރާގު ޓީވީގެ ޕްރޮޮޑަކްޓު މެނޭޖަރު ހަސާން ހުސްނީ ވިދާޅުވީ ކޮވިޑް-19 އަށްފަހު ދިމާވި ގޮންޖެހުންތަކަށްފަހު މިފަދަ ސީޒީޒްއެއް ފެއްޓުމަކީ ލިބިގެންދާ އުފަލެކެވެ. އަދި މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ އުފަލަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ނެޓްވޯކުންދޭ ޓީވީގެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ގިނަ އުފެއްދުންތަކެއް މިހާރުވެސް ދައްކަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345