ހަބަރު

ޕްރިވިލެޖް މޯލްޑިވްސްއިން ދިވެހި އާޓިސްޓުންނަށް ރަނުގެ ފުރުސަތެއް

ޕްރިވިލެޖް މޯލްޑިވްސްއިން ރޭ ބޭއްވި ހަރަކާތުގެ ތެރެއިން --
0%
0%
0%

ދިވެހި މިއުޒީޝަނުންނާއި ލަވަކިޔުންތެރިންނަށް "ޕްރިވިލެޖް މޯލްޑިވްސް" އިން ހާއްސަ ފުރުސަތެއް ފަހިކޮށްދީފި އެވެ.

ޕްރިވިލެޖް މޯލްޑިވްސްއަކީ ރާއްޖޭގެ ވިޔަފާރިތަކާއި ލޯޔަލް ޓެލެންޓު ޕްރޮމޯޓްވާ ގޮތަށް ތައާރަފު ކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ފަރުމާ ކޮށްފައި ވަނީ މައިގަނޑު ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ވިޔަފާރިތައް ޕްރޮމޯޓް ކުރުމާއި ރާއްޖޭގެ ހާއްސަ ސިފަތައް ޕްރޮމޯޓް ކުރުމާއި ދިވެހި ޒުވާނުންގެ ހުނަރު ޕްރޮމޯޓް ކުރުމެވެ.

ޕްރިވިލެޖް މޯލްޑިވްސް އިން ރޭ ވަނީ ދިވެހި މިއުޒީޝަނުންނާއި ލަވަކިޔުންތެރިންނަށް އިންޑިއާގެ މަޝްހޫރު މިއުޒީޝަން އަދި ފިލްމު އުފެއްދުންތެރިޔާ އީއާރު ވިނޭއާއެކު ޕާފޯމް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. ވިނޭއަކީ އިންޑިއާގެ ފިލްމު އަދި މިއުޒިކް އިންޑަސްޓްރީގައި 17 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ރޭ ބޭއްވި ހަރަކާތުގެ ތެރެއިން --
ޕްރިވިލެޖް މޯލްޑިވްސްއިން ރޭ ބޭއްވި ހަރަކާތުގެ ތެރެއިން --

ގިނަ އަދަދެއްގެ ލަވަކިޔުންތެރިންނާއި މިއުޒީޝަނުން ބައިވެރިވި މި އިވެންޓްގައި އަހުމަދު ހުމާމް (ޒޯލޯ) އާއި ހަސަން އިރުފާން (ޒަކިއްޓެ) އާއި ޝަލަބީ އިބްރާހިމް (ޝަލަބީ) އާއި މޫސާ އިޝާން (ކޮކީ) އާއި އަބްދުﷲ ހިސާން (ހިޝާން) އަދި ޝިފާ އިބްރާހިމް (ޝިފޫ) ވަނީ ޕާފޯމް ކޮށްފައެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ރޭ ބޭއްވި ހަރަކާތުގެ ތެރެއިން --

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން އިބްރާހިމް އަލީ (ކުޑަ އިއްބެ) ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވި މި އިވެންޓްގައި އޭނާވެސް ޕާފޯމް ކޮށްފައިވެއެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ރޭ ބޭއްވި ހަރަކާތުގެ ތެރެއިން --

މި އިވެންޓްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) ގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު އެކްޓަރު މުހައްމަދު ރަޝީދު (ދަރާ) ވަނީ ދިވެހި އާޓިސްޓުންނަށް މިފަދަ މުހިންމު ފުރުސަތެއް ފަހިކޮށް ދިނީތީ ޕްރިވިލެޖް މޯލްޑިވްސްއަށް ޝުކުރު އަދާކޮށްފައެވެ.

އަދި ދިވެހި އާޓިސްޓުންގެ ކުރިއެރުމަށް އެމްއެސްޕީއޭއިންވެސް ތަފާތު ޓްރެއިން ޕްރަގްރާމްތަކާއި އިވެންޓްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަން ދަރާ ވަނީ ރޭގެ އިވެންޓްގައި އިއުލާނުކޮށްފައެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ރޭ ބޭއްވި ހަރަކާތުގެ ތެރެއިން --

ޕްރިވިލެޖް މޯލްޑިވްސް އިން ބުނީ ދިވެހި އާޓިސްޓުންނަށް ހާއްސަކޮށްގެން މިފަދަ އިވެންޓެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާޓިސްޓުންނަށް ކުރިއަށް ދިއުމުގެ ފުރުސަތު ހޯދާދީ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމުގައި ހުނަރު ތަރައްގީ ކުރުމަށް އެހީތެރިވެ ދިނުން ކަމަށެވެ. ރޭގެ އިވެންޓްގައި ބައިވެރިވެ ޕާފޯމް ކުރި ދިވެހި އާޓިސްޓުންގެ ހުނަރަށް ވިނޭ ވަނީ ތައުރީފު ކޮށްފައެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ރޭ ބޭއްވި ހަރަކާތުގެ ތެރެއިން --

ޕްރިވިލެޖް މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ބައެއްގެ ގޮތުގައި ހިމަނައި ލޯކަލް ޓެލެންޓު ހޯދަން އޮޑިޝަނެއް ބާއްވަން ވެސް ނިންމާފަ އެވެ. ރޭގެ ހަރަކާތަކީ އެ އިވެންޓަށް ތައްޔާރުވުމަށްވެސް ދިވެހި އާޓިސްޓުންނަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ރޭ ބޭއްވި ހަރަކާތުގެ ތެރެއިން --
ޕްރިވިލެޖް މޯލްޑިވްސްއިން ރޭ ބޭއްވި ހަރަކާތުގެ ތެރެއިން --

މީގެ އިތުރުން 2015 އިގައި މިސްޓަ ވޯލްޑް ހޯދި އިންޑިއާގެ ތަކޫރު އަނޫޕް ސިންގް ރާއްޖެ ގެންނަންވެސް ޕްރިވިލެޖް މޯލްޑިވްސްއިން ވަނީ ނިންމާފައެވެ. އޭނާ ރާއްޖެ އައިސް ޕްރިވިލެޖް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ބައެއް ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ. އޭގެތެރޭގައި ފިޓްނަސް ތަންތަނާއި މުނިފޫހި ފިލުވުމުގެ އިންޑަސްޓްރީގެ ފަރާތަކާ ބައްދަލު ކުރާނެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345