ލައިފްސްޓައިލް

ޝިފާއަށް މި ލިބުނީ "ޝިފާ"

ލަވަކިޔުންތެރިޔާ ޝިފާ ތައުފީގު، އޭނާގެ ފިހާާރާގައި މަޑުކޮށްލައިގެން -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
76.9%
23.1%
0%

ރާއްޖޭގައި ލަވަޔާއި މިއުޒިކަށް މެދުނުކެނޑި އެންމެ ގިނަ ހިދުމަތް ކޮށްދިން ފަންނާނުންގެ ލިސްޓެއްގެ އެންމެ ކުރިން ޖާގަ ލިބޭނެ އެއް ފަންނާނަކީ ކުޅަދާނަ ލަވަ ކިޔުންތެރިޔާ ޝިފާ ތައުފީގު (ޝިފާ) އެވެ. މިހާތަނަށް 600 ވުރެ ގިނަ ލަވަ ރެކޯޑް ކޮށްފައިވާ ޝިފާ، ލަވައާއި މިއުޒިކުގެ ތެރޭގައި މަސައްކަތް ކުރާތާ 34 އަހަރުވެއްޖެ އެވެ. ޝިފާ ވެފައި ވަނީ އެންމެ ގިނަ އަލްބަމްތަކާއި ފިލްމުތަކަށް ލަވަ ކިޔައިދިން އަންހެން ފަންނާނަށެވެ. އަދި މިހާތަނަށް މި ދާއިރާއިން އެންމެ ގިނަ އެވޯޑް އުފުލާލި ދިވެހި ލަވަ ކިޔުންތެރިއަކީ ވެސް ޝިފާއެވެ.

އާފަތިސް އެވޯޑް ތިން ފަހަރު ހޯދި އިރު ފަސް ފަހަރު ގައުމީ ފިލްމު އެވޯޑް ލިބުނެވެ. އަދި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުގެ އިތުުރުން އެކި ނަަންނަމުގައި ބޭއްވި އެވޯޑް ހަފްލާތަކުގައި ވެސް ޝިފާއަށް ވަނީ އެވޯޑްތައް ލިބިފަ އެވެ.

މިހާރު ވެސް ޝިފާގެ ލަވަތަކަށް އެހުންތެރިންގެ ބޮޑު ލޯތްބެއް އެބައޮތެވެެ. ޕްރޮޑިއުސަަރުންނާއި ޑައިރެކްޓަރުންނަށް އެންމެ ކަމުދާ ލަވަ ކިޔުންތެރިންގެ ތެރޭގައި ޝިފާ ހިމެނެ އެވެ. ޒުވާން ލަވަކިޔުންތެރިންނާއެކު މިހާރު ވެސް އެންމެ ގިނައިން ފިލްމުތަކަށް ލަވަ ކިޔައިދޭ އެކަކަށް ޝިފާ ވެއެވެ. އެތައް ސަތޭކަ ޝޯއެއްގައި ޕާފޯމް ކޮށްފައިވާ ޝިފާގެ ޝޯތަކަށް އަދިވެސް ނިމުމެއް ނެތެވެ.

މީގެ ކުރިން ޝިފާގެ ލަވައިގެ ވާހަކަތަކުން ހެޑްލައިން އައި ނަމަވެސް މިހާރު ކަންކަން ވަރަށް ބަދަލުވެއްޖެ އެވެ. މިފަހަރު ހެޑްލައިނަށް މި އަންނަނީ ޝިފާގެ ލަވައެއް ނޫނެވެ. އޭނާގެ ވިޔަފާރި "ޝިފާ" އެވެ. ލަވަގެ ދުނިޔެއަކީ މިހާރު ޝިފާއަށް ހޮބީއެކެވެ. ކުރިންހެން އެ މަަސައްކަތަކީ އާމްދަނީ ހޯދަން ކުރާ މަސައްކަތެއް ނޫނެވެ. މިހާރު ޝިފާ އެންމެ ބޮޑަށް ކޮންސަންޓްރޭޓް ކޮށްފައި ވަނީ އޭނާގެ ވިޔަފާރި "ޝިފާ" އަށެވެ.

"ލަވަޔާ ވެސް ދުރަކަށް ނުދަން. އެކަހަލަ ހިޔާލެއް ވެސް ނެތް. އެހެން ނަމަވެސް ލަވަކިޔުން އެއީ މިހާރު 'ހޮބީ' އެއް،" ޝިފާ ވިދާޅުވި އެވެ.

އާއިލީގެ ކަމަށްވާ "ހާޖަރާގޭ" ގައި ޝިފާ ހުޅުވި "ޝިފާ" ފިހާރައާއެކު އޭނާގެ ވަގުތު މިހާރު އޮންނަނީ ވިޔަފާރިއަށެވެ. ވިޔަފާރިއެއް ކުރުމަކީ އެތައް ދުވަހެއް ކުރިން އޭނާ ކުރަމުން އައި އުންމީދެކެވެ. އެކަން ހަގީގަތަކަށްވެފައި ވުމުން ޝިފާގެ ހިތަށް މިހާރު ޝިފާ ލިބިފައި ވެއެވެ.

ޝިފާ ވިދާޅުވި ގޮތުގައި އަބަދުވެސް ވިޔަފާރިއަށް އޭނާގެ ޝައުގުވެރިކަން ހުރެ އެވެ. އަދި ކުރިން ވެސް ވިޔަފާރީގެ ބައެއް ކަންކަމުގައި ދުވަސްކޮޅަކު އުޅުނެވެ. އެކަމަކު އެއީ މީގެ އެތައް އަހަރެއް ކުރިއެވެ.

ޝިފާ ވިދާޅުވި ގޮތުގައި އަލުން ވިޔަފާރިއެއް ފެށުުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ އޭނާގެ "ތިއްތެ" އެވެ. ޝިފާގެ ތިއްްތެއަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި އެ ކޮމިޝަންގެ ކުރީގެ ރަައީސް ފުއާދު ތައުފީގެވެ.

"އަޅުގަނޑުގެ ދަރިފުޅުވެސް މިހާރު ހުރީ ބޮޑުވެފައި. އެހެންވީމަ ފުދޭ ވަރަކަށް ފްރީ ޓައިމް ލިބޭ. ވަޒީފާއެއް ނުވަތަ އާމްދަނީ ލިބޭނެ ގޮތެއް ހޯދަން ބޭނުންވެފައި ހުއްޓާ ތިއްތެ [ފުއާދު] މިކަމަށް އެހީތެރިވެ ދިނީ. ތިއްތެއަށް ވަރަށް ހާއްސަ ޝުކުރެއް ހިތުގައި އޮތީ،"

ޝިފާގެ ކުޑަކުޑަ އެހެން ނަަމަވެސް ހިތްގައިމު "ޝިފާ" ފިހާރާގައި ގިނަ ވައްތަރުގެ ސާމާނު އެބަހުއްޓެވެ. އެގޮތުން ގޭތެރެއަށް ބޭނުންވާ ތަފާތު ސާމާނާއި ރީތިވާން ބޭނުންވާ ސާމާނުގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ތަކެތި ވެސް ލިބެން ހުރެ އެވެ. އަދި އަންހެނުންނަށް ހާއްސަ ބައެއް އައިޓަމްވެސް ހިމެނެ އެވެ.

"ހައުސްހޯލްޑް ތަކެތި މައިގަނޑުކޮށް މި ހުރީ. ބިއުޓީ ސާމާނު އަދި ކުޑަކުދިންގެ ތަފާތު ތަކެތި. އަންހެނުންގެ ބުރުގާ ޝޯލް ކަހަަލަ އެއްޗެހި ވެސް ހުންނާނެ. އަދި ކުޅިވަރުގެ ބައެއް ސާމާނާއި ޕާފިއުމްސްގެ ބައެއް އައިޓަމްތައް ވެސް ލިބެން ހުންނާނެ،" ޝިފާ ވިދާޅުވިއެވެ.

"ޝިފާ" ފިހާރާގައި މައިގަނޑު ގޮތެއްގައި ހުރީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ބުރޭންޑެއް ކަމަށްވާ "ޒިމީވޯގް" ބްރޭންޑްގެ ތަކެއްޗެކެވެ. މިއީ ދުނިޔޭގައި ވެސް މަޝްހޫރު ބުރޭންޑެކެވެ.

"ރީޒަނަބަލްވާނެ އަގުތައް ވެސް. އަނެއްކާ ގިނަ ތަކެތި އެއީ އިތުބާރު ލިބިފައިވާ ބްރޭންޑެއްގެ ތަކެތި،"

ޝިފާގެ ފިހާރަ "ޝިފާ" -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

އެ ފިހާރަ ހިމެނޭ ސަރަަހައްދުގައި އެފަދަ ބާވަތްތައް ލިބޭނެ ފިހާރައެއް ނެތް އިރު ޝިފާގެ ފިހާރަ ހުޅުވައިލުމަކީ އެ ސަރަހައްދުގެ މީހުންނަށް ވެސް ލިބުނު "ޝިފާ" އެކެވެ.

"މި ބާވަތުގެ ތަކެތި ލިބޭނެ ފިހާރައެއް މި ހިސާބުގައި ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެއީ." އޭނާ ވިދާޅުވި އެވެ. "ގިފްޓެއް ހޯދާލަން ބޭނުންވިޔަސް އެކަހަލަ ތަކެތިވެސް ލިބެން ހުންނާނެ. އަސްލު މި ސަރަހައްދުގައި ވެސް ނެތް ހަދިޔާއަކަށް ދޭނެ އެއްޗެއް ގަނެލާނެ ފިހާރައެއް. މި ހިސާބުގެ އާއިލާތަކަށް ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،"

ޝިފާގެ ފިހާރައިގައި އަވަސްގެ ނޫސްވެރިޔަކާއެކު -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

މިހާރު ފިހާރާގައި ޝިފާ ގިނަ ވަގުތު ހޭދަކުރެ އެވެ. އެހެން ކަމުން މިއީ ކަސްޓަމަރުންނަށް ޝިފާއާ ބައްދަލުކޮށްލަން ވެސް ލިބޭނެ ފުރުސަތެކެވެ.

"އަޅުގަނޑު ވަރަށް ގިނައިރު ފިހާރާގައި އުޅެން. އަޅުގަނޑު ދެކެނީ ކަސްޓަމަރުންނަށް އަޅުގަނޑާ ބައްދަލްވުމުން ފިހާރާގައި މިހާރު ލިބެން ނެތް ނުވަތަ ގެންނަން ބޭނުންވާ އެއްޗެއްވާނަމަ ބުނެލެެވޭނެ. އޭރުން އެކަންކަން ކުރެވޭތޯ ބަލާނަން،"

ޝިފާގެ އުންމީދަކީ އޭނާގެ ފިހާރަ ބޮޑު ކުރުމެއް ނޫނެވެ. ނަމަވެސް ހުއްޓުމެއް ނެތި އެ ވިޔަފާރި ކުރިއަށް ގެންދިއުމެވެ. އަދި ކަސްޓަމަރުންނަށް ކޮލެޓީ މުދާ ލިބޭނެ މަގު ފަހިކޮށް ދިނުމެވެ. ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ފަސޭހައިން މުދާ ލިބޭނެ މަގު ތަނަވަސްކޮށް ދިނުމެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އައި

ގުޑް ލަކް

ބޮޑުހުސޭނު

ކޮންމެ މީހަކަށްވެސް ރީތިކޮން ވާހަކަ ދެއްކުމަކުން އަނެކާއަށް ގެއްލޭ އެއްޗެއް ނެތް. ލިއުމުގެ ކުރީކޮޅުގައި އާދައިގެ ބަހުރުވައިން ވާހަކަ ދައްކާފައި ފަހުން ރަނގަޅުކޮށްލާފައިވޭ. ޝިފާގެ މަންމާފުޅަކީ ރަސްމަތިފުޅު ބޭފުޅެއް. ލިއުމުގައި ފެށުނީއްސުރެ ރީތި ބަހުރުވައިން ހުރި ނަމަ ވަރަށް ފުރިހަމަވީސް!

ޒިމީ

ކޮންމެ މީހަކީވެސް ހަލާލު މަސައްކަތުން ކައިބޮއި އުޅޭ މީހަކަށްވާން ޖެހެއެވެ. ޝިފާއަކީ އޭގެ ނަމޫނާއެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެދެނީ ޝިފާގެ ވިޔަފާރިއަށް ކުރިއެރުމެވެ. ކާމިޔާބެވެ. ތިޔައީ ފިސާރި، ހިތްވަރުގަދަ އަންހެނެއްކަން ސާބިތުކޮށްދީފިއެވެ.

villingili

ހާދަ ސަޅި އެއްޗެހި އެބަހުއްޓޭ. އިރާދަ ކުރެއްވިއްޔާ ތިޔަ ފިހާރައަށް ދާނަން. ގުޑްލަކް ޝިފާ

އާޝިޔާ

ޝިފާއަކީ ހަގީގަތުގައިވެސް ރާއްޖެ ދުށް އެންމެ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިޔާއެވެ. ޝިފާމެން ލަވަ ކިޔަން ފެށި ދުވަސްވަރު ލަވަ ކިޔަން ފެށި ހުރިހާ ފަންނާނުންގެ އަޑު ފަނޑުވެ ދިޔައިރުވެސް ޝިފާގެ އަޑަށް ފަނޑުކަމެއް ނާންދެއެވެ. އެންމެ ފަހުގެ ޒުވާން ލަވަ ކިޔުންތެރިންނާއެކު އެ ލަވަ ކިޔާލަނީ އެ ހިތްގައިމު އަޑުންނެވެ.

އާސިމް

ސާބަހޭ ޝިފާ... ހިތްވަރާއެކު ކުރިއަށް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345