ހަބަރު

ރާއްޖެ ޓީވީ ވިސާމް އާއި އާމިރުގެ ފޯނު ފުލުހުން އަނބުރާ ދީފި

ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ފުލުހުން ހިފެހެއްޓި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި އެ ސްޓޭޝަންގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމްގެ ފޯނު ފުލުހުން އަނބުރާ ދީފިއެވެ.

ވިސާމް އާއި އާމިރުގެ ފޯނު ފުލުހުން ހިފަހައްޓާފައި ވަނީ ފުލުހުންގެ ޔުނީފޯމްގައި ސަރުކާރަށް އިންޒާރުދޭ ވީޑިއޯ މައްސަލާގަ އެވެ. އެ މައްސަލާގައި އެ ދެ މީހުން މިދިޔަ މަހު 16 ވަނަ ދުވަހު ހައްޔަރު ކުރި ނަމަވެސް އެ މައްސަލާގައި ފުލުހުންނަށް ހެއްކެއް ދެއްކިފައި ނުވާތީ އެ މަހުގެ 27 ވަނަ ދުވަހު ދޫކޮށްލި އެވެ.

ނަމަވެސް ފުލުހުން އަދިވެސް ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެގޮތުން ކޯޓުން ވިސާމް އާއި އާމިރު ދޫކޮށްލީ ތަހުގީގު ނިމެންދެއް މާލެ އިން ބޭރަށް ދާނަމަ ފުލުހުންގެ ހުއްދަ ހޯދައިގެން ދާ ގޮތަށް ޝަަރުތުކޮށްފަ އެވެ.