އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ، ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ނާޒިމްގެ ސިއްހީ ހާލުކޮޅު ދެރެވުމުގެ ސަބަބުން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެނައުމަށްފަހު ގެންގޮސްފި އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނާޒިމް ގެނައި ޓެސްޓުތަކެއް ހަދަން ޖެހޭތީ ކަމަށައި އެއީ ނާރުގެ ޓެސްޓެއް ކަމަށެވެ.
ހުކުމް ތަންފީޒު ކުރަން މާފުށީ ޖަލަށް ބަދަލު ކުރި ފަހުން ނާޒިމް މާލެ ގެނައި މިއީ ފުރަތަމަ ފަހަރެވެ.