ރޭ ދަންވަރު ސަލްމާން މިސްކިތް އަޅަމުންދާ ކާނިޗވާ ސރަހައްދުގައި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ހާދިސާގައި ޒަހަމްކޮށްލި ފުލުސް މީހާގެ ތަފްސީލެއް ނޭނގެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ފުލުސްމީހާގެ ކޮނޑާއި ކަނދުރާއަށް ތޫނު އެއްޗެއް ހަރައި ޒަހަމްކޮށްލާފައިވާ ކަމަށެވެ. ޒަހަމްވި މީހާ އަށް ރޭ ވަނީ އައިޖީއެމްއެޗް ގައި ފަރުވާ ދީފަ އެވެ. އޭނާގެ ހާލު މާ ސީރިއަސް ނޫންވުމުން ފަރުވާއަށްފަހު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.