ފިނިޕޭޖް

ޕްރިންސް ވިލިއަމް އާއި ކޭޓަށް ތިންވަނަ ބޭފުޅެއް

ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކެތްރީން މިޑްލްޓަން (ކޭޓް) އަށް ދެވަނަ ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފި އެވެ. މި ދަރިކަލުންނާއެކު އެ ދެމެފަރިންގެ މިހާރު ތިން ބޭފުޅުން ހަމަވީ އެވެ. އޭގެ ތެރޭގައި އަންހެން ބޭފުޅަކުވެސް ހިމެނެ އެވެ.

ކޭޓް އިއްޔެ ވިހެއީ ލަންޑަންގައި ހުންނަ އެސްޓީ މެރީ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލަކީ އެ ދެ ކަނބަލުންނަށް ފުރަަތަމަ ލިބިވަޑައިގެންނެވި ޕްރިންސް ޖޯޖް، 4، އާއި ޕްރިންސެސް ޗާލޮޓް، 2، ވެސް އުފަންވެވަޑައިގަތް ހޮސްޕިޓަލެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ކޮއްކޯފުޅަށް މަރުހަބާ ދަންނަވަން ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ.

މި ދަރިކަލުން ވާނީ އިނގިރޭސި ތަހުތާއި ހަ ވަނަ އަށް އެންމެ ކައިރީގައި ހުންނަވާނެ ބޭފުޅަށެވެ.

ކޭޓް ވިހެއުމާއި ގުޅިގެން ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ އެކަމަނާ އާއި ދަރިކަލުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ވިހާއި ގަދަވެ ކޭޓް އާއި ދަރިކަލުން މިހާރު ވަނީ ގަނޑުވަރަށް ވަޑައިގެން އާންމުންނަށް ދަރިކަލުން ދައްކަވާލައްވާފަ އެވެ.

ޕްރިންސް ވިލިއަމްއާއި ކޭޓް ކައިވެނި ބައްލަވައިގަތީ 2011 ވަނަ އަހަރު އެވެ. އެ ދެ ކަނބަލުންނަށް ފުރަތަމަ ދަރިކަލުން ޕްރިންސް ޖޯޖް ލިބިވަޑައިގަތީ 2013 ގަ އެވެ. އަންހެން ދަރިކަނބަލުން ޕްރިންސެސް ޗާލޮޓް ލިބިވަޑައިގަތީ 2015 ގަ އެވެ. ތިން ވަނަ ބޭފުޅާއަށް ދެއްވާ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.