ވިޔަފާރި

ރެޑްވޭވް: ދިވެހިންނާ ގާތްވި ފަސް ސަބަބު!

May 11, 2018
2

ރާއްޖޭގައި ވިޔަފާރި ކުރާ "މަޝްހޫރު" ނަންތައް ބައިވަރެވެ. ނަމަވެސް ކުރު މުއްދަތެއްގައި ދިވެހިންގެ ހިތް އަތުލި ވިޔަފާރިތައް ނިސްބަތުން މަދެވެ. ސަބަބަކީ ރައްޔިތުންނާ "ދުރު" ވީމައެވެ. ނަމަވެސް، "ރެޑްވޭވް" މި ނަން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިންގެ ހިތްތައް "ފަތަހަ" ކޮށްފި އެވެ. ތިރީގައި އެ ވަނީ "ރެޑްވޭވް" ދިވެހިންނާ ގާތްވި ފަސް ސަބަބެވެ.

1- އަބަދު ވެސް އެންމެ އަގު

ކޮންމެ ރޯދަ މަހަކު އިކޮނޮމިކް މިނިސްޓްރީން "އެންމެ އަގު ހެޔޮ" ފިހާރަ ފިހާރަތައް ހޮވަ އެވެ. މި ލިސްޓުގައި ކޮންމެ ރޯދަ މަހަކު ވެސް "ރެޑްވޭވް" އޮންނާނެ އެވެ. އަދި މި ނޫން ދުވަސްތަކުގައި ވެސް ރައްޔިތުން އެންމެ ގިނައިން ވަންނަ އެއް ތަނަކަށް ރެޑްވޭވް ވާނެ އެވެ. ސަބަބަކީ އަގު ހެޔޮވުމެވެ. އެހެން ފިހާރަ ތަކުން 10ރ. އަށް ވިއްކާ އެއްޗިހި ރެޑްވޭވުން އަށް ރުފިޔާ އަށް ލިބެން ހުރެ އެވެ. އަދި ބައެއް މުދަލުން 10ރ، ނޫނީ 5ރ. އަގު ވެސް ހެޔޮކޮށްފައި ހުރެ އެވެ. ވަކިވަކި އެއްޗިހީގެ އަގުން ބަލާއިރު މިއީ ނިސްބަތުން ކުޑަ އަދަދެކޭ ހީވެދާނެ އެވެ! އެކަމަކު ގެ އަށް ބޭނުންވާ ސާމާނު ގަންނަން ވަދެ 200 ނޫނީ 300ރ. ގެ ވިޔަފާރިކޮށްގެން ނުކުންނަ މީހާ އަށް މިއީ ނިސްބަތުން ބޮޑު އެއްޗަކަށްވާނެ އެވެ. ރެޑްވޭވްގެ ފިހާރަތަކުން މީހުން ވިޔަފާރި ކުރާ އެއް ސަބަބަކީ މި އެވެ. މާބޮޑަށް އަގުހެވީ އެވެ.

2- ފަސޭހަ އިން ދިމާވާނެ

މާލެއަކީ ރާއްޖޭގެ އާބާދީގެ ބޮޑުބައި ޖަމާވެފައި އޮތް ރަށެވެ. އަދި އަންނަނީ ވެސް އިތުރުވަމުންނެވެ. ރާއްޖޭގެ މުސްތަގުބަލް އޮތީ ހުޅުމާލޭގަ އެވެ. މި ދެ ރަށުގައި ވެސް ރެޑްވޭވް އޮތީ ފެތުރިފަ އެވެ. ހުޅުމާލޭގައި ރެޑްވޭވް އިން ހިންގާ ފިހާރައަކީ ރާއްޖޭގައި ގޭދޮށު މުދާ ވިއްކާ އެންމެ ބޮޑު ފިހާރައަށްވާނެ އެވެ. ރެޑްވޭވް ގްރޫޕުން ދިހަ ފިހާރައެއް ހިންގާއިރު، ރެޑްވޭވްގެ ފިހާރަތައް މުޅި މާލެ އަށް ބެހިގެން ގޮސްފައި ވުމަކީ މި ވިޔަފާރި އަށް ދިވެހިންގެ ހިތް ކިޔާ އެއް ސަބަބެވެ. ކޮންމެ އަވަށަކަށް ދިއަޔަސް ރެޑްވޭން ދިމާވާނެ އެވެ.

3- މޮޅު ކޮލިޓީ، ޔަގީންކަން

އަގު ހެޔޮވުމާއި ފަސޭހަ އިން "އެކްސެސް" ވުމުގެ އިތުރުން، ރެޑްވޭވް ފިހާރަތަކުގެ އެންމެ ސަޅި ކަމަކީ މުދަލުގެ ކޮލެޓީ ރަނގަޅުވުމެވެ. ދިވެހިންނަކީ "ހިތް މޮޅު" ބައެކޭ މީހުން ބުނެ އުޅެ އެވެ. އެހެންވެ، ހަމަ ގައިމު ވެސް ކޮލެޓީ ރަނގަޅު ނޫންނަމަ ރެޑްވޭވް އަށް ދިވެހިން ނުދާނެކަން ޔަގީނެވެ. އަގު ހެޔޮވެފައި މި ތަނުން ލިބެން ހުރި ބަދިގެ މޮޅު ތަށިތަކާއި އައިސް އަލަމާރި އަދި ދޮންނަ މެޝިންއާއި ޓީވީ ފަދަ ތަކެތީގެ ފެންވަރު ރަނގަޅުވުމަކީ ދިވެހިން ރެޑްވޭވް ފިހާރަ ތަކަށް ވަންނަން ޖެހުނު ސަބަބެވެ. އަދި ހާއްސަކޮށް ކުރިމަތީގައި ރޯދަ މަސް އޮތްއިރު ގޭތެރެ ބަދަލުކޮށްލަން ބޭނުންވާނެ ހުރިހާ އެއްޗެއް ލިބެން ހުރުމަކީ ރެޑްވޭވް މުހިންމުވި ސަބަބެކެވެ.

4- ފަރުނީޗަރުގެ މާ ފިހާރަ

ފަރުނީޗަރު ވިއްކާ، ވިއްކާ "މުސްކުޅި" ވެއްޖެ އެވެ. އެކަމަކު ރެޑްވޭވް އިން ހުޅުވި ވަރުގެ ބޮޑު ފަރުނީޗަރު ފިހާރައެއް އަދި ރާއްޖޭގައި ހުޅުވިފައެއް ނެތެވެ. ރެޑްވޭވް "ލިވިން" ގެ ނަމުގައި ހުޅުވާފައިވާ ފަރުނީޗަރު ފިހާރައަކީ ރާއްޖޭގެ ރެކޯޑެކެވެ. އަދި މި ތަނުގެ ސައިޒު ބޮޑުވުމާ އެއްވަރަށް އަގުތައް ވެސް މާބޮޑަށް ހުންނަނީ ހެޔޮކޮށްފަ އެވެ. އޮފީހާއި ގޭތެރެ އަދި ބަދިގެ ސެޓުތައް ވެސް ބޭނުން ކުލައެއް ބޭނުން ސައިޒަކުން ލިބެން ހުރެ އެވެ. ބެޑްރޫމް ސެޓުތަކުގެ ވަކިން އަލަމާރި އާއި އެނދު ގަންނަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އޮވެ އެވެ. މިވެސް ރެޑްވޭވް ހާއްސަވި ސަބަބެކެވެ.

5- ވަޒީފާގައި ދިވެހިިން

ވަޒީފާ އިތުރު ކުރުމަކީ ހުރިހާ ސަރުކާރެއްގެ ވައުދެކެވެ. މި ސަރުކާގެ ވައުދަކީ 90،000 ވަޒީފާ އުފެއްދުމެވެ. ރެޑްވޭވް ގްރޫޕުގައި މަސައްކަތް ކުރާ އާބާދީގެ ބޮޑު ބަޔަކީ ދިވެހިންނެވެ. ހާއްސަކޮށް އެންމެ ހައި ޕޯސްޓްތަކުގައި ތިބީ ހުސް ދިވެހިންނެވެ. އަދި ރެޑްވޭވް ފިހާރަތަކުގެ މޫނު މަތީގައި ކޭޝިއަރުންގެ ގޮތުގައި ތިބީ ހުސް ދިވެހި ނޫކަށި ފުރައިގެ ޒުވާނުންނެވެ. ރެޑްވޭވް އިން 10 ފިހާރަ ހިންގާއިރު، މި ތަންތަނުގައި ގިނަ އިން މަސައްކަތް ކުރަނީ ޒުވާން އަންހެން ކުދިންނެވެ. އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކަ ދައްކާއިރު މިއީ ފާހަގަ ކުރަން ޖެހޭ ކަމަކެވެ. މިއީ ވެސް ދިވެހިން ރެޑްވޭވް ދިވެހިންނާ ގާތްވި ސަބަބަށް ނޫނީ ނުވާނެ އެވެ.