ވިޔަފާރި

ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ދިރާގުން ތިނަދުއަށް

Apr 26, 2018
2

ދިރާގުގެ ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ގދ. ތިނަދޫގައި ދޭން ފަށައިފި އެވެ.

ދިރާގުން ތިނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް ފެށުމުގެ ގޮތުން، ބައިވެރިވި މީހުންގެ މެދުގައި ގުރުއަތެއް ވަނީ ނަގާފަ އެވެ. މިގޮތުން އެއް ވަނަ އަށް ހޮވުނު މީހަކަށް 55 އިންޗީގެ ޓީވީއަކާއި ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ދީފައިވެ އެވެ.

ގިނަ އެޗްޑީ ޗެނަލް ތަކެއް ހިމެނޭ ދިރާގު ޓީވީގައި 80 އަށް ވުރެ ގިނަ ޗެނަލް ހިމެނެ އެވެ. އެންމެ ފުޅާކޮށް ހިދުމަތް ފޯރުކޮށްދޭ މި ޓީވީގެ މަހު ފީއަކީ 300ރ. އެވެ.

ދިރާގު އިންޓަނެޓު ހިދުމަތަކީ 100 އެމްބީޕީއެސް އާ ހަމަ އަށް ސްޕީޑް ލިބޭނެ އެވެ. އަދި ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތް މާލެ ސަރަހައްދާއި ރާއްޖޭގެ 39 ރަށަކަށް ލިބެ އެވެ.