ހަބަރު

މޫދަށް ފުންމާލި ސްކޫލް ކުއްޖެއް ސަލާމަތްކޮށްފި

މަސް މާރުކޭޓާ ދިމާ ތޮށިން މަތިން މޫދަށް ފުންމާލި ސްކޫލް ކުއްޖެއް ސަލާމަތްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު 11:58 ގައި ފުލުހުންނަށް އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ކުއްޖާއަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ.

މޫދަށް ފުންމާލި ކުއްޖާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ކުއްޖާ ސަލާމަތްކޮށްފައިވަނީ އެތަނުގައި ތިބި އާންމު ބަޔެކެވެ. ފަހުން އެ ސަރަހައްދަށް ފުލުހުން ވެސް ވަނީ ގޮސްފަ އެވެ.

ކުއްޖާ މޫދަށް ފުންމާލީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. ކުއްޖާ މޫދަށް ފުންމާލިއިރު އޭނާ ހުރީ ސްކޫލް ޔުނީފޯމްގަ އެވެ. އަދި އެ ވަގުތަކީ އެ ތަނުގައި މީހުން ގިނަ ވަގުތެކެވެ.