ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާއި ޓީވީގެ ހިދުމަތް އައްޑު އާއި ފުވައްމުލަކުގައި ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ވަނީ ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތާއެކު މި ދެ ރަށުގައި ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދޭއިރު، ޓީވީ ބަލަން ބޭނުންވާ ޖޯއިބޮސް ވެސް ހިލޭ ލިބެ އެވެ.
މި ހިދުމަތްތައް ތައާރަފް ކުރުމުގެ ގޮތުން މި ދެ ރަށުގައި ބޭއްވި އިވެންޓުގައި ބައިވެރިވި މީހުންގެ މެދުގައި ގުރުއަތުނަމައި ހާއްސަ އިނާމުތަކެއް ވެސް ވަނީ ދީފަ އެވެ. އެގޮތުން އެއް ވަނަ އިނާމަކަށް 55 އިންޗީގެ ޓީވީއެއްގެ އިތުރުންތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ވަނީ ދީފަ އެވެ. އަދި ހަތަރު މީހަކަށް ތިން މަސް ދުވަހަށް ޓީވީ އާއި އަދި ފައިބަ ބްރޯޑްބޭންޑް ދީފައިވެ އެވެ.
ދިރާގު ޓީވީގައި 80 އަށް ވުރެ ގިނަ ޗެނަލް ހިމެނެ އެވެ. އަދި މި ހިދުމަތަކީ މިހާރު ދަނީ މަގުބޫލު ވަމުންނެވެ.