ވިޔަފާރި

ސްކޫލްތަކުގެ ބައިސްކަލް މުބާރާތަށް ދިރާގުގެ އެހީ

May 6, 2018
1

ބައިކް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި، ފުރަތަމަ އިންޓަ ސްކޫލް ބައިކް މުބާރާތް ދިރާގުގެ އެހީތެރިކަމާއެކު އިއްޔެ ނިންމާލައިފި އެވެ.

ހުޅުމާލޭގައި އިއްޔެ ބޭއްވި މި މުބާރާތުގައި 400 ކުދިން ބައިވެރިވެފައިވެ އެވެ. ސްކޫލް ތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ބައިސްކަލް މުބާރާތް ސްޕޮންސާ ކޮށްފައިވަނީ ދިރާގުންނެވެ.

މި މުބާރާތުގައި 20 ސްކޫލެއް ވާދަ ކުރިއިރު، މުބާރާތުގައި ޖުމްލަ 34 ބައެއް ބޭއްވި އެވެ. މިގޮތުން މުޅި މުބާރާތުގެ ޗެމްޕިއަން ހޯދީ ސީއެޗްއެސްސީ އެވެ. އަދި ދެވަނަ ހޯދީ ގާޒީ ސްކޫލް އެވެ. މީގެ އިތުރުން އަދި އިންވަނަ ހޯދީ ހިރިޔާ ސްކޫލް އެވެ.

ދެ ދުވަހަށް ދެމިގެން ދިޔަ މި ހާއްސަ މަޖާ މި އިވެންޓުގެ ވަނަ ތަކަށް އިނާމު ދެއްވީ ދިރާގުގެ މެނޭޖަރު ޕްރޮޑަކްޓް ޑިވްލޮޕްމަންޓް އެންޑް އިނޮވޭޝަން މުހައްމަދު ފާރިހު އެވެ.

ދިރާގުން ދަނީ މުޖުތަމައަށް ފައިދާހުރި މިފަދަ ގިނަ އިވެންޓުތަކެއްގައި ބައިވެރިވަމުންނެވެ. އަދި އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އެހީތަކެއް ދެމުން ގެންދެ އެވެ.