ވިޔަފާރި

ދިރާގުން އިންސާނިއްޔަތަށްޓަކައި ރެޑް ކްރެސެންޓާ ގުޅިއްޖެ

May 9, 2018
1

ދިރާގުން އިންސާނިއްޔަތަށްޓަކައި ދިވެހި ރެޑްކްރެސެންޓާ ގުޅިގެން އެހީތެރިވުމަށް ނިންމައި، އެ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.

ދިރާގުން ބުނީ ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިން މެމްބަރެއްގެ ގޮތުގައި ބައިވެރިވީ އިންސާނިއްޔަތަށްޓަކައި އެޖަމާއަތުން ދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ކަމަށެވެ.

ދުނިޔޭގެ ރެޑްކްރެސެންޓް ދުވަހުގެ މުނާސަބަތުގައި ދިރާގުން ސަބްސްކްރިޕްޝަން މެންބަރެއްގެ ގޮތުގައި ރެޑްކްރެސެންޓާ ގުޅުނީ އެ ޖަމާއަތަތުގެ "ޕްލެޓިނަމް" މެންބަރެއްގެ ގޮތުގަ އެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރޝިޕަކީ ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ ވިދާޅުވީ، ދިރާގުގެ މި މެމްބަރޝިޕްގެ ސަބަބުން، ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، ހަރުދަނާ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި ދިރާގުން އަބަދު ވެސް ދެއްވާ އެއްބާރުލުމާއި އިސްނެންގެވުން ފާހަގަކޮށް ޝުކުރު އަދާކުރެވިއެވެ. ދިރާގުން ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވިގޮތެއްގައި މުޖުތަމަޢުގައި ހިންގާ ހަރަކާތްތައް ހިންގުމަށް ދެ ފަރާތުން ގުޅިގެން ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް އެޅޭ ވަރަށް މުހިއްމު ބިންގަލެކެވެ.