ވިޔަފާރި

މޯލްޑިވް ގޭހުން 10 ކިލޯގެ ފުޅިއަކުން 50ރ. ހެޔޮކޮށްފި

May 10, 2018

މޯލްޑިވް ގޭހުން އާއްމުކޮށް ގޭ ބިސީތަކުގައި ބޭނުންކުރާ 10 ކިލޯގެ ގޭސް ފުޅިއަކުން 50ރ. ހެޔޮކޮށްފި އެވެ.

މޯލްޑިވްގޭހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ ގޭހުގެ އަގު ހެޔޮކުރީ ރޯދަ މަހު މި ސައިޒުގެ ފުޅީގެ ޑިމާންޑް މަތިވާތީ ލުއިތަކެއް ދިނުމުގެ ގޮތުން ކަމަށެވެ.

ރޯދަ މަސް ފެށެން ހަފުތާއަކަށް ވެފައިވަނިކޮށް ގޭހުގެ އަގަށް ބަދަލު ގެނައިރު، ކުރިން 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ 200ރ. އަށެވެ. އަގަށް ގެނައި ބަދަލާއެކު ފުޅިއެއް މާދަމައިން ފެށިގެން 150ރ. އަށް ލިބޭނެ އެވެ.

މިދިޔަ އަހަރު ވެސް ގޭހުގެ އަގު ހެޔޮކުރި ކުންފުނިން 10 ކިލޯގެ ފުޅީގެ އިތުރުން ވިޔަފާރީގެ ބޭނުންތަކަށް ބޮޑެތި ފުޅިވެސް ވިއްކަ އެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ގޭސް ފޯރުކޮށްދެނީވެސް މޯލްޑި ގޭހުންނެވެ.

މޯލްޑިވް ގޭހަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.