ވިޔަފާރި

ދިރާގުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ތެލެސީމިއާ ވޯޑެއް

May 10, 2018

ދިރާގުން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ކުޑަކުދިންގެ ތެލެސީމިއާ ވޯޑަށް ހަދިޔާކޮށްފި އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން، ކުޑަކުދިންގެ ދުވަހާއި ގުޅިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ތެލެސީމިއާ ވޯޑެއް ގާއިމު ކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ވޯޑް ގާއިމު ކުރުުމަށް ބޭނުންވާ ބައެއް މުހިންމު މެޑިކަލް އިކުއިޕްމަންޓާއި އާލާތްތައް ވަނީ ހަދިޔާ ކޮށްފަ އެވެ.

ދިރާގުގެ މި އެހީތެރިކަން ލ. ގަން ރީޖަނަލް ހޮސްޕިޓަލާ ހަވާލުކޮށްދެއްވީ ދިރާގު ލ. އަތޮޅު ރީޖަނަލް އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު އަހުމަދު އަލީ އެވެ. އަދި މި އެހީހާ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ޑައިރެކްޓަރު އަބްދުލް ހަންނާން އެވެ.

ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވެފައި މިކަމަކީ މި ޒިންމާގެ ދަށުން ކުރެވިގެންދިޔަ އެހީތެރިކަމެކެވެ.

ދިރާގުން ވަނީ އެކި ގޮތްގޮތަށް ކުޑަކުދިން ހިމާޔަތް ކުރުމާއި ކުޑަކުދިންގެ ތައުލީމާއި ތަރައްގީއަށް މަސައްކަތްކުރާ އެކި ޕްރޮގްރާމް ތަކަށް އެހީތެރިކަން ފޯރުކޮށްދީފައިއެވެ. މިގޮތުން ސްލޫކް ތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސްތަކަށް އެހީފޯރުކޮށްދިނުން އަދި މޯލްޑިވްސް އޯޓިސަމް އެސޯސިއޭޝަން، ކެއާ ސޮސައިޓީ، އާކް، ފަދަ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ތަފާތު ޖަމިއްޔާ ތަކާއި އެކު މަސައްކަތްކުރެ އެވެ. ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެ ފަދަ އެންމެ ބޮޑު ހަރަކާތެވެ.