ފިނިޕޭޖް

މުހައްމަދު ރަސޫލުﷲ ތީމް ލަވައިގެ އަސްލު އަޑު

May 17, 2018
15
މުހައްމަދު ރަސޫލުﷲ ސިލްސިލާގެ ތީމް ލަވަކީ ލަވަކިޔުންތެރިޔާ.
71.3%
24.4%
4.4%

ކޮންމެ އަހަރަކު ރަމަޟާން މަހު ޓީވީއެމް އިން ގެނެސްދެމުން އަންނަ "މުހައްމަދު ރަސޫލުﷲ" ސީރީޒްއަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ސީރީޒްއެކެވެ. މިސްރުގެ މި ސީރީޒް ގެނެސްދެނީ ދިވެހި ބަހުން އަޑު އަޅައިގެންނެވެ. މި ސީރީޒްގެ މަގުބޫލު ކަމާއެކު ސީރީޒް ފެށޭއިރު ގެނެސްދޭ ތީމް ލަވަ "މުހައްމަދު ޔާ ރަސޫލުﷲ" އަކީވެސް ދިވެހިންގެ ލޯބި ލިބިފައިވާ އެންމެ ދަންނަ ލަވަ އެކެވެ.

މި ހަފްތާ ތެރޭގައި ސޯޝަލް މީޑިއާގައި އެންމެ ވައިގައި ހިފާފައި ވަނީ މި ލަވައަށް ތައްޔާރު ކޮށްފައިވާ ކަވާ ލަވައެކެވެ. ގިނަ ބަޔަކު އަންނަނީ މި ލަވަ ފޭސްބުކްގައި ހިއްސާވެސް ކުރަމުންނެވެ. މި ކަވާ ލަވަ ގެނެސްދީފައި ވަނީ މިސްރުގެ ސީބީސީ ޗެނަލުން ދައްކާ "ސަހިބެތް އަލްސައާދާ" ކިޔާ ޕްރޮގުރާމެއްގަ އެވެ.

އެ ޕްރޮގުރާމަކީ މިސްރުގެ ތާރީހުގައި ހިނގާފައިވާ އިޖުތިމާއީ އަދި ސިޔާސީ ތަފާތު ކަންކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ގެނެސްދޭ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ހުށަހަޅާދެނީ މިސްރުގެ މަޝްހޫރު ފިލްމީ ތަރި، އިސްއާދު ޔޫނުސް އެވެ. ކޮންމެ ހަފްތާއަކު އެއްދުވަހު ދައްކާ މި ޕްރޮގުރާމްގައި ހާއްސަ އެއް މެހެމާނަކު ގެނެ އެވެ.

މުހައްމަދު ރަސޫލުﷲ ސިލްސިލާގެ ތީމް ލަވައިގެ ފަހުގެ ކަވަރެއް.

މިދިޔަ ހަފްތާގެ ޕްރޮގުރާމް ގެނެސްދިނީ ރަމަޟާން މަހަށް ހާއްސަކޮށްގެންނެވެ. މެހުމާނެއްގެ ގޮތުގައި ގެނެސްދިނީ، މި ކަވާ ލަވައިގެ އަސްލު ލަވަކިޔާފައިވާ ޔާސްމީ އަލް ހައްޔާމް އެވެ. ޔާސްމީން މި ލަވަ އެންމެ ފުރަތަމަ ކިޔާފައި ވަނީ 1979 ގަ އެވެ. ކަވާ ލަވަ ކިޔާފައި ވަނީ މިހާރު އަރަމުން އަންނަ މިސްރުގެ ލަވަކިޔުންތެރިޔާ ހަލާ ރުޝްދީ އެވެ.

އަސްލު ލަވަ އާއި އެއްގޮތް އިހްސާސްތަކެއް ގެނެސްދިން މި ލަވަ ކިޔާފައި ވަނީ ޔާސްމީނަށް ދިން ޓްރިިބިއުޓެއްގެ ގޮތުގަ އެވެ. އޯކެސްޓްރާ ބޭންޑަކާއެކު ހުށަހަޅަދިން މި ލަވައިގެ އިތުރުން ކުރީގެ މަޝްހޫރު ގިނަ ލަވަތަކެއްގެ ކަވާވެސް މި ޝޯގައި ކިޔާފައިވެ އެވެ.

ޔާސްމީން ވަނީ މީގެ ކުރިން ހަމަ އޯކެސްޓްރާ ބޭންޑުތަކާއި ތަފާތު އެކި ހަފްލާތަކުގައި މި ލަވަ ހުށަހަޅާދީ ގިނަ ބައެއް މަގުބޫލުކަން ހޯދާފަ އެވެ.

ޔާސްމީން ލަވަކިޔުން ހުއްޓާލީ 1990 ގަ އެވެ. ލަވަކިޔުން ހުއްޓާލުމަށްފަހު އޭނާ އަންނަނީ މުޖުތަމައުގައި އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވެފައި ތިބި މީހުނަށް އެހީވުމަށް ތަފާތު ޗެރިޓީ ޕްރޮގުރާތައް ހިންގަމުންނެވެ. ޔާސްމީންއަކީ ގުރުއާން ކިޔާވާ އަޑު ރެކޯޑު ކުރައްވާފައިވާ މަޝްހޫރު ބޭފުޅެއް ކަމަށްވާ މަހުމޫދް ހާލީލް އަލް ހުސަރީގެ ދަރިފުޅެވެ.

މުހައްމަދު ރަސޫލުﷲ ސިލްސިލާގެ ތީމް ލަވައިގެ އަސްލު.

މި ރަމަޟާން މަހު "މުހައްމަދު ރަސޫލުﷲ" ސީރީޒް ނުގެނެސްދޭ ކަމަށް ބުނެ ގިޔަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަވަސްއަށް މައުލޫމާތުދެމުން ބުނީ އެއީ ދޮގު ހަބަރެއް ކަމަށާއި އެހެން އަހަރުތަކެކޭ އެއްގޮތައް މިއަހަރުވެސް އެ ސީރީޒް ޓީވީއެމް އިން ގެނެސްދޭނެ ކަމަށެވެ.

15 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢަލީ

މިވެސް އޯކޭދޯ ކިތައްމެ ވަރަކައް ފެންކަޅި ވިޔަސް ބިދުޢަ ވާނީ ހަމަ ބިދުޢަ ޔައް

އަހައްމައިދީ

ވަރަށް ރީތި. އާމިނާބީ ވެސް ޖޭވާ ވަރު ވޭ.. 👌👌👌👌

ބިނންބި

މީނަ ކިޔާފަ އިންގޮއެއްވެސް ހަޑިއެއް ނޫން

އިސްމާލު

ލަވަ އިވޭއިރަށް ފެންކަޅިވެގެންދަނީ.

ލަތީފާ

އަޑުއަހާ ފޫހިނުވާ ލަވައެއް އަޑުއަހާލެވޭ ކޮންމެފަހަރަކު ގައިން ހީބިހިނަގާ ރަސޫލާގެ ނަންފުޅުއިވޭ ކޮންމެތަނަކުން ހީބިހިނަގާ އަސަރުން ފުރިގެންވާ ލަވައެއް

އަޖައިބު

މީހަކު ހައިރާނެއް ނުވާނެތަ؟ މިއުޒިކް ހަރާމް. އެކަމަކު މި އޯކޭ. ހަމަ މިއުޒިކް މީގަވެސް މިކުޅެނީ.

ހައިރާނު

މިޔުޒިކުން ވެސް ހަރާމް ވާނީ އަވަގުރާނަށް ގޮވާ ޢައުރަ ނިވާ ނުކޮށް ހަދާފައި ހުންނަ މިޔުޒިކް. މި ލަވަ އަކީ ހަމަ އެއްވަނައިގެ ލަވައެއް.

ރިގާ

ކޭ އަޅުވަނވީނު

ރަބީތު

ވަރަށް ހިތް ގައިމު، އެހާމެ އަސަރުގަދަ!

ޡުލަ

ޚކީއްވެބާ މީނަ ބުރުގާ ނާޅާ މިހުރީ

ނަޝޫ

ބުރުގާ އެޅުން ނިޔަތާއި ނުގުޅުވޭނެ، އެހެނީ ހިޖާބް ވުމަކީ ބާލިޣް ވެފައިވާ އަންހެނާއަށް ވާޖިބެއް. ވާޖިބް ކަންކަމަކީ އަހަރެމެން ބޭނުންވީމަ ކޮށްފަ، ބޭނުން ނެތިއްޔާ ދޫކޮށްލެވޭ ކަންކަމެއް ނޫން. މިހާރު އޭނާ އެހުރީ ބުރުޤާ އަޅާފަ. މާޝާﷲ

ނީލާ

އެމީހެއްގެ އަމަލްތަަަައް ބިނާވެގެންވަނީ އެމީހެއްގެ ނިޔަތުގެ މައްޗަށް. އެހެންވީމާ އެއީ މައްސަލައެއް ނޫންކަންނޭގެ.

ބުރުގާ

ބުރުގާ އެކަނި އަޅާގެން ކަމަކު ނުދާނެ.....😏😏

ތުނިޔަ

އަޅާފައެއްނު މިހާރު އެހެރީ؟ އެލަވަކީ އިރު ނޭޅިޔަސް.

ބުރުގާ

ކަލޭ އަމިއްލަޔައް ބުރުގާ އަޅާބަލަ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345