ހަބަރު

މާބައިދޫ ފެނަކަ އޮފީސް ފަޅާލި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

May 18, 2018

ލ. މާބައިދޫ ފެނަކަ އޮފީހުގެ ތިޖޫރީ ފާޅާލައިގެން 125800 ރުފިޔާ ވަގަށް ނެގި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާބައިދޫ ފެނަކަ އޮފީސް ފަޅާލި މައްސަލައިގައި މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއެންމެން ވެސް ހައްޔަރު ކުރީ މާބައިދޫންނެވެ.

އަޑު ފެތުރިފައިވާ ގޮތުގައި ހައްޔަރުކުރީ މާބައިދޫ ފެނަކަ އޮފީހުގެ މުވައްޒަފުންތަކެކެވެ.