ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ހަރަކާތްތައް ބަލައި ތަހުގީގެއް ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން މިނިވަން ކޮމިޝަނެއް އުފައްދަން ރާއްޖެ އިން ތާއީދު ކޮށްފި އެވެ.
ބައިނަލްއަގުވާމީ އުސޫލުތަކާވެސް ހިލާފަށް ފަލަސްތީނުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލާފައި ހިއުމަންރައިޓްސް ކކައުންސިލްގެ ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހާލާ ހަމީދު ވިދާޅުވީ އިޒްރޭލުން، އެއްވެސް ހަތިޔާރެއް ނެތް ފަލަސްތީންގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ކުށްވެރިކުރާ ކަމަށެވެ.
އެކަމަނާ އާ ހަވާލާދީ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައި ވަނީ ކައުންސިލުން ނިވަން ކޮމިޝަނެއް އުފައްދާ މިނިވަން ތަހުގީގެއް ކުރުމާއެކު ފަލަސްތީނާއި ރައްޔިތުންގެ ހައްގު ހޯދައިދޭން ދިވެހި ސަރުކާރުން ތާއީދުކޮށް އެކަމަށް ގޮވާލާ ކަމަށެވެ.
މިހެން ގޮވާލި އިރު އެ އަމަލުތައް ތަހުގީގު ކުރަން މިނިވަން ކޮމިޝަނެއް އުފައްދަން ކައުންސިލުން ވަނީ ފާސް ވެސް ކޮށްފައެވެ.