ހަބަރު

އެލްޖީއޭގެ ބޯޑުން ހުސްވެފައިވާ މެމްބަރު ކަމަށް ނަން ހުށަހަޅަން ހުޅުވާލައިފި

May 23, 2015

އެލްޖީއޭގެ ބޯޑުން ހުސްވެފައިވާ މެމްބަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

މަޖިލީހުން ކުރި އިއުލާނެއްގައި ބުނަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެލްޖީއޭގެ ބޯޑަށް އާއްމުންގެ ތެރެއިން މެމްބަރަކު ކަނޑައަޅަން އެކަމަށް ޝައުގުވެރިވާ ފަރާތްތައް އަންނަ މަހުގެ އެއްވަނަ ދުވަހުގެ 3:00 ޖެހުމުގެ ކުރިން މަޖިލީހުގެ އިދާރާއަށް ނަން ހުށަހެޅުމަށެވެ.

އެލްޖީއޭގެ ބޯޑުގައި އާންމުންގެ ފަރާތުން ކުރިން އިންނެވީ ޝުޖާއު ހުސައިންނެވެ. މަޖިލީހުން އޭނަ ވަކި ކުރީ ސުލޫކީ މައްސަލަތަކެއްގައި ގޭގައި ބެހެއްޓުމަށްފަހު އެވެ.