ވިޔަފާރި

މިދިޔަ މަހުގެ އެކްސްޕޯޓް 77 ޕަސެންޓް އިތުރު

މިދިޔަ މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އަދަދު 77 ޕަސެންޓް އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.

ކަސްޓަމްސްއިން ބުނީ ފާއިތުވި އޭޕްރީލް މަހު ރާއްޖެ އަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 16 އިންސައްތަ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް 3.25 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އޭޕްރީލް މަހު މިޢަދަދުވަނީ 3.77 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 21 އިންސައްތަ ޔޫއޭއީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 13 ޕަސެންޓް އަދި ޗައިނާ އިން 12 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް 3.25 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އޭޕްރީލް މަހު މިޢަދަދުވަނީ 3.77 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 21 ޕަސެންޓް ޔޫއޭއީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 13 ޕަސެންޓް އަދި ޗައިނާ އިން 12 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު ހުސްވި އޭޕްރީލް މަހު 31 ޕަސެންޓް އިތުރުވެފަ އެވެ. މިއަހަރުގެ އޭޕްރީލް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 262 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަަހު ލިބިފައިވަނީ 200 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސް އިން ބުނީ ފާއިތުވި މިދިޔަ މަހު ރާއްޖޭން އެކްސްޕޯޓު ކުރެވުނު މިންވަރު މިދިޔަ އަހަރު އޭޕްރީލް މަހާ އަޅާބަލާއިރު 77 ޕަސެންޓް ވަނީ އިތުރުވެފައިވެ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު 208 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 368 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ރާއްޖެން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތް ތަކެވެ. މިދިޔަ އޭޕްރިލް މަހު އެކްސްޕޯޓްކުރި މުދަލުގެ 50 ޕަސެންޓް ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 8 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އިނގިރޭސިވިލާތަށް އަދި އެމެރިކާއަށް 7 ޕަސެންޓް އަދި ފަރަންސޭސިވިލާތަށް 6 ޕަސެންަޓް އެކްސްޕޯޓްކޮށްފައިވެ އެވެ.