ދުނިޔޭގެ ކޮންމެ ޓީމެއް ބަލި ކުރުމުގެ ގާބިލުކަން ލިވަޕޫލޫލްގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ ފޯވަޑް ސެޑިއޯ މާނޭ ބުނެފި އެވެ.
ޗެމްޕިއަންސް ލީގް ފައިނަލު މެޗުގައި މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލް ވާދަ ކުރާނީ މުބާރާތުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ރެއާލް މެޑްރިޑް ފާހަގަ ކުރެވެނީ ބޮޑެތި މެޗުތަކުގައި ނަތީޖާ އަނބުރާލާ ޓީމެއްގެ ގޮތުގަ އެވެ.
"އެ ޓީމުގެ ގޮތެއް އަހަނަކަށް ނޭންގެ، ނަމަވެސް އެ މެޗަކީ އަހަރެމެންގެ ކެރިއަރުގައި އެންމެ މުހިންމު މެޗު،" މާނޭ ބުންޏެވެ. "އަހަންނަށްވެސް އެނގޭ ފަސޭހަ ނުވާނެކަން ސަބަބަކީ އެ މެޗު ފަސޭހައެއް ނުވާނެ އެ ޓީމުގެ ތަޖުރިބާ ބޮޑުވާނެ އަދި އެ ޓީމުގައި ކޮލިޓީ ވެސް އެބަހުރި."
"އަހަރެމެންގެ ފުރިހަމަ އިހުތިރާމު އެ ޓީމަށް އޮންނާނެ، ނަމަވެސް އަހަރެމެންގެ އެބަތިބި ދުނިޔޭގެ ކޮންމެ ޓީމެއް ބަލި ކުރުމުގެ ގާބިލުކަން ހުރި ކުޅުންތެރިން."
ސެނަގާލްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ބުނީ، އެ ޓީމުގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންނާއެކު، ލިވަޕޫލް ހަމަލާތައް ވަރުގަދަ ކަމަށެވެ. ހަމައެޔާއެކު އެ ޓީމުގެ ޑިފެންސްވެސް ވަރަށް ވަރުގަދަ ކަމަށް އޭނާ ބުންޏެވެ.
"ޗެމްޕިއަންސް ލީގް ފައިނަލު ކުޅުމަކީ ވަރަށް ބޮޑު ހުވަފެނެއް، އަހަރެމެން މި ހިސާބަށް އައީ ފަސޭހަ މަގަކުން ނޫން، އަހަރެމެން މި ދަތުރު ފެށީ ހޮފެންހަމްއާ ދެކޮޅަށް ކުޅުނު ޕްލޭއޮފް މެޗުން."